ޚަބަރު

މިއަހަރުވެސް ނާލާފުށީ ރައްޔިތުންގެ ކަރަންޓްބިލް ދައްކައިދޭނީ ކައުންސިލުން

ރޯދަ މަހުގެ ޚާއްޞަ އިނާޔަތެއްގެ ގޮތުން ކޮންމެއަހަރަކުވެސް މ.ނާލާފުށީ ކައުންސިލުން އެރަށު ރައްޔިތުންގެ ކަރަންޓްބިލްތަކުގެ ދެބައިކުޅަ އެއްބައި ދައްކައިދެމުން އަންނައިރު މިއަހަރުގެ ރަމަޟާންމަހުވެސް ހަމަކުރިއެކޭ އެއްގޮތަށް ކަރަންޓްބިލްގެ ދެބައިކުޅަ އެއްބައި ކައުންސިލުން ދައްކާގޮތަށް ނާލާފުށީ ކައުންސިލުން ނިންމައިފިއެވެ.

ނާލާފުށީ ކައުންސިލުން އެރަށުގެގެތަކަށް ފޮނުވާފައިވާ ލިއުމުގައި  ބުނެފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ކައުންސިލުން ރަމަޟާންމަހަށް ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ވިޔަފާރީގެ އުސޫލުން ކަރަންޓް ބޭނުން ކުރާތަންތަން ފިޔަވައި މީހުން ދިރިއުޅޭ ގޭގޭގެ މޭމަހުގެ ކަރަންޓް ބިލުގެ  ދެބައިކުޅަ އެއްބަޔަށްވާ ފައިސާ ދިނުމަށް ކައުންސިލްގެ އާއްމު ބައްދަލުވުމަކުން ނިންމާފައިވާ  ކަމަށެވެ.

އެފައިސާ ނަގަން ރައްޔިތުން ކައުންސިލްއަށް ހާޒިރުވާނެ ތާރީޚެއް ފަހުން އަންގާނެ ކަމަށް އެ ލިޔުމުގައި ވެއެވެ.

ކަރަންޓްބިލްގެ ދެބައިކުޅަ އެއްބަޔަށްވާ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ، ކަރަންޓް ބިލް ހިފައިގެން އައުމުން، ކައުންސިލް އިދާރާއިންނެވެ. ފެނަކަ އިން ކަރަންޓްބިލް ބަލައިގަންނާނީ ބިލްގެ ޖުމްލަ އަދަދަށެވެ.

ބައެއް ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނަށް މިފަދަ އިނާޔަތްތައް ދޭން ފާސްކުރަމުން ދާއިރު ކައުންސިލްތަކުން ފައިސާ ޚަރަދުކުރާނެ ގޮތުގެ ބޮޑު ޤަވާއިދެއް އެލްޖީއޭއިންވަނީ މާކުރިންވެސް ޢާއްމުކޮށްފައެވެ. އެޤަވާއިދުގައި ކައުންސިލްގެ މާލިއްޔަތުން ޚަރަދު ނުކުރެވޭނެކަންކަމުގެ ތެރޭގައި ، ކައުންސިލްގެ މާލިއްޔަތުން ނަޤުދު ފައިސާގެ ގޮތުގައި ރައްޔިތުންނަށް ބެހުން ” ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close