ޚަބަރު

އެމްޑީއެންގެ ލާދީނީ ރިޕޯޓް ކުށްވެރިކޮށް ނާލާފުށީ ކައުންސިލުންވެސް ބަޔާނެއް ނެރެފި

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯރކް (އެމް. ޑީ. އެން) އިން ނެރެފައިވާ ” ޕްރިލިމިނަރީ އެސެސްމެންޓް އޮން ރިޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނަށާއި، މާތް ނަބިއްޔާ އަށް ފުރައްސާރަކޮއްފައި ވާތީ، އެކަން މ.ނާލާފުށީގެ ރައްޔިތުންނާއި، އެރަށުކައުންސިލުން ހަރުކަށި ޢިބާރާތުން ކުއްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

އެބަޔާނުގައި ވަނީ މިޢަމަލަކީ، އެޖަމުޢިއްޔާއިން ހިންގި ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމުގައިވެސް އެ ރަށުގެ ރައްޔިތުންނާއި އެކައުންސިލުން ދެކޭ ކަމަށެވެ

އަދި  މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯރކް (އެމް. ޑީ. އެން) އިން ނެރުނު ރިޕޯޓުގައި މާތް ނަބިއްޔާ މުޙައްމަދުޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރްއަސާރަކުރުމުގެ އިތުރުން، ކީރިތި ޤުރުޢާނުގެ ނައްޞުތަކުން ސާބިތުވާ ކަންތައްތަކަށް ކަނޑައެޅިގެން އިންކާރު ކޮއްފައިވުމަކީ، މުސްލިމުންގެ ގޮތުގައި ތިބެ އެޖަމުޢިއްޔާއިން ކޮއްފައިވާ ފަސާދައިގެ ޢަމަލެއްކަމީ ޝައްކެއް އޮތްކަމެއްނޫން ކަމަށްވެސް އެބަޔާނުގައިވެއެވެ.

                         ދިވެހިރާއްޖޭގެ ޖަމުޢިއްޔާތަކާއި ބެހޭ ޤާނޫނުގެ ނަވާރަ ވަނަ މާއްދާގައިވާ ފަދައިން އިސްލާމްދީނަށް އިހާނެތިކޮށް ހިތުމަށް ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް ނުވަތަ އެކަމަށް އުނިކަމެއް ގެނައުމަށް ދިވެހިރާއްޖޭގައި ޖަމުޢިއްޔާތަށް ހިންގުމަކީ މަނާކަމަކަށް ވީހިނދު، ދިވެހިރާއްޖޭގެ ޖަމުޢިއްޔާތަކާއި ބެހޭ ޤާނޫނާއި ޚިލާފު މިޢަމަލު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯރކް (އެމް. ޑީ. އެން) އިން ކޮއްފައިވާތީ، އެފަރާތާއިމެދު ވަގުތުން ފިޔަވަޅު އަޅަންޖެހޭނެ ކަމުގައިވެސް އެރަށުގެ ރައްޔިތުންނާއި ކައުންސިލުން ދެކޭކަމަށްވެސް އެބަޔާނުގައިވެއެވެ.

                         އެހެންކަމުން، އެމް. ޑީ. އެން އިން މިހިންގި އިސްލާމްދީނާއި ޚިލާފު ދަށުދަރަޖައިގެ ޢަމަލު ތަޙްޤީޤު ކޮއްދެއްވައި، މިޢަމަލު ހިންގި ފަރާތްތަކާއި، އެޖަމުޢިއްޔާއާއި މެދު ފިޔަވަޅު އަޅުއްވައި ދެއްވައި، އެޖަމުޢިއްޔާ އުވާލައިދެއްވުމަށް، ދަޢުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އެބަޔާނުގައި ގޮވާލައިފައިވެއެވެ.

ނާލާފުށީ ކައުންސިލުން މިފަދަ ބަޔާނެއް ނެރުނު އިރު ރާއްޖޭގެ ސަތޭކަފަންސާހަށްވުރެ ގިނަ ކައުންސިލްތަކުން މިހާރުވަނީއެމްޑީއެންގެ ނުބައި ޢަމަލުކުށްވެރިކޮށް ބަޔާންނެރެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close