ޚަބަރު

ނާލާފުށްޓަށް ގެންނަންއުޅުނު ޙާފިޒު މިއަދު އަތުވެއްޖެ

މ.ނާލާފުށީ ކައުންސިލުން އިސްނަގައިގެން ކައުންސިލްގެ ޚަރަދުގައި އެރަށަށް ގެންނަން އުޅުނު ޙާފިޒު މިއަދު އަތުވެއްޖެ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއްވައިފިއެވެ.

ކައުންސިލްގެ މެމްބަރަކު ނާރެސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރުވެސް ރޯދަމަހު ތަރާވީޙް ނަމާދުކުރުމަށް ނާލާފުށްޓަށް ގެނައި ޙާފިޒަކީ ކުރީ އަހަރުވެސް އެރަށަށް ގެނައި ޙާފިޒު ކަމަށެވެ.  

ސްރީލަންކާގެ މީހަކަށްވީތީ މިފަހަރު ވިސާއެޕްރޫކުރުމުގައި އިމިގްރޭޝަނުން ދިމާވި ލަހެއްގެ ސަބަބުން ރޯދަމަސް ފެށުމުގެ ކުރިއަށް ޙާފިޒު ނުގެނެވުނީކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

އެހެންބައެއް ރަށްރަށަށްވެސް ރޯދަމަހު ތަރާވީޙް ނަމާދުކުރުމަށް ލަންކާއިން ގެންނަން ހަމަޖެއްސި ޙާފިޒުންނަށް ރާއްޖެ އާދެވުނީ ހަފްތާއެއްހާ ދުވަސްފަހުންނެވެ. އެމީހުންވެސް ލަސްވެފައިވަނީ ވިސާގެ މައްސަލައިގައެވެ.

ވިސާގެ މައްސަލަ ދިމާވެފައިވަނީ މިދިޔަމަހުގެ 21 ވަނަދުވަހު ލަންކާގައި ބޮންގޮއްވާ ، ޓެރަރިސްޓް ހަމަލާތަކެއް ދިނުމުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close