ޚަބަރު

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފި


ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވުނު ދިދި ނެގުމުގެ ޚާއްސަ ރައްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފިއެވެ.

ޖުމުހޫރީ މައިދާނުގައި މިއަދު ފަތުހު 5:50ގައި ބޭއްވުނު މި ރަސްމިއްޔާތަށް ޖުމުހޫރީ މައިދާނަށް ރައީސް ސާލިހު ވަޑައިގެންވުމުން އެމަނިކްފާނަށް މަރުހަބާ ވިދާޅުވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި ހޯމް މިނިސްޓަރ ޝެއިޚް އިމްރާންއެވެ.

މިރަސްމިއްޔާތުގައި ހެނދުނު 6:00 ގައި، ޖުމުހޫރީ މައިދާނުގެ ކޯއްޓޭއަށް ދިވެހި ދިދަ ނެގުމުގެ އިތުރުން ގައުމީ ދިފާއީ ބާރުން ގައުމީ ސަލާމް ކުޅެއްފައި ވެއެވެ.

ދިދަ ނެގުމަށްފަހު ޖުމުހޫރީ މައިދާނުގައި ވަނީ ދުވަހާއި ގުޅޭގޮތުން ޚާއްސަ ދުއާއެއްވެސް ކޮށްފައެވެ. އިސްވެ މިދުއާ ކޮށްދެއްވާފައިވަނީ އިސްލމިކް މިނިސްޓްރީގެ ވާއިޡް އައްޝައިޚް އަހުމަދު މައުމޫންއެވެ.

މިއަދު ހެދުނު ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔޭގެ ދެކަނބަލުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި ދައުލަތުގެ ބައެއް ވަޒީރުން ވައިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ދިވެހިރާއްޖޭގައި ތިއްބަވާ ބޭރުގެ ގައުމުތަކުގެ ސަފީރުންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close