ރާސްބެރީ ޕައި، މިފަހަރު ކީބޯޑެއް
ރާސްބެރީ ޕައިގެ ވާހަކަ ބުނުމަކުން ގިނަ ދިވެހިންނަށް އާކަމަކަށް މިހާރަކުނުވާނެއެވެ. އެމީހުންގެ އުފެއްދުންތައް ކިތަންމެ ސިމްޕަލް ނަމަވެސް އެއީ ބޭނުންބޮޑު ބޭނުންތެރި ޕްރޮޑަކްޓްތަކެއްކަން ދުނިޔެއަށް ވަނީސާބިތު ކޮށްދީފައެވެ. އޭގެ އެއްމިސާލަކީ ރާސްބެރީ ޕައި ޒީރޯ ކޮމްޕިއުޓަރެވެ. ރާސްބެރީ ޕައި ޒީރޯ ކޮމްޕިއުޓަރެއްގައި ހިމެނެނީ އެންމެ ބޯޑެކެވެ. ބޭނުންކުރެވެނީ ބްރޯޑްކޮމް ޕްރޮސެސާއެކެވެ. މެމޮރީ 512 އެމްބީ އެވެ. އަގަކީ 5 ޑޮލަރެވެ. މިއީ ވަސީލަތްތައް މަދު ގައުމުތަކުގައި، ސްކޫލް މަދަރުސާތަކުގައި އުގަނނައިދޭން ބޭނުންކުރެވޭ ކޮމްޕިއުޓަރެކެވެ.
ރާސްބެރީ ޕައި ބޭނުންކުރަނީ ހަމައެކަނި ކިޔަވައިދިނުމުގެ ދާއިރާގައި އެކަންޏެއްވެސް ނޫނެވެ. ރޮބޮޓިކް މޮޑެލްތައް އުފައްދައި ހިންގަން ދަސްކުރާ ދަރިވަރުން ވެސް ރާސްބެރީ ޕައި ބޭނުންކުރެ އެވެ. އޭގެ އިތުރުން ވަރަށް އާދައިގެ ކަންކަމުގައި އަމިއްލަ ދިރިއުޅުން ފަސޭހަކުރުމަށް ގޭގައި، ދޮރުފޮތި ކެހުމަށް އަދި އެއާކޮންޑިޝަންގެ “ޕްލިޕާ”ތައް ހުޅުވޭ މިންވަރު ކޮންޓްރޯލް ކުރަން ވެސް ރާސްބެރީ ޕައި ބޭނުންކުރެވެ އެވެ.
އަދި ގަސްތަކަށް ފެންދިނުމަށާއި، ޓައްޕުގައި ހަނޑޫ، ހަކުރު އަދި ފުށް ހުރި މިންވަރު، ސެންސަރުތަކެއް މެދުވެރިކޮށް ބަލައި، އަމިއްލަ މޮބައިލް ފޯނަށް ފޮނުވުމަށް ވެސް ރާސްބެރީ ޕައި ބޭނުންކުރެވެ އެވެ.
މިއީ މިއަދު ދިވެހިންގެ ތެރޭގައި ވަރަށް ޢާއްމުކަމަކަށް ވަނީވެފައެވެ. ފަންނުވެރިން ދިވެހި ޒުވާނުން ތަޖްރިބާ ކުރަމުންދާ ރާސްބެރީ ޕައިން އެވެރިންގެ ބޭނުންހިފަމުންދާ ގޮތްގޮތެވެ.
މިފަހަރު މިއޮތީ ރާސްބެރީގެ ތަފާތު އުފެއްދުމެކެވެ. ރާސްބެރީ ޕައި 400 އަކީ ކުޑަކުޑަ ކީބޯޑެކެވެ. ހަމައެކަނި ކީބޯޑެއްވެސް ނޫނެވެ. އޭގެއިތުރުން އެއީ ކޮމްޕިއުޓަރެއްވެސް މެއެވެ. އެއަށް ހަމައެކަނީ ޖެހޭނީ ސްކްރީނެއް އެޑްކޮށްލާށެވެ. މިސާލަކަށް ޓީވީއަކާވެސް ގުޅާލެވިދާނެއެވެ. ފޯނެއް ، ޓެބެއް ފަދަ ކޮންމެ ކަހަލަ ޑިވައިސްއަކަށްވެސް ފިޓްވާގޮތަށް ފަރުމާކޮށްފައިވާ މިކީބޯޑު އެއިން ކޮންމެ ޑިވައިސްއަކާ ގުޅާލިޔަސް އެއޮތީ ކޮމްޕިއުޓަރަކަށް ވެފައެވެ.
އެންމެ 70 ޑޮލަރަށް މިހާރުވެސް އޮންލައިންކޮށް ގަންނަންލިބޭ މި ކީބޯޑަކީ ބޭނުންބޮޑު އުފެއްދުމަކަށް ވާނެއެވެ. މައުސްއާއި، މައިކްރޯ އެސްޑީކާޑާއި، އެޗްޑީއެމް ކޭބަލާއި، އަދި ޕަވަރސަޕްލައި އިންކްލޫޑްކުރިޔަސް އޭގެ އަގު 100 ޑޮލަރަށްވުރެ މައްޗަކަށް ނާރައެވެ.
ތަޖްރިބާ ކުރަމުންދާ އުފެއްދުންތެރި ދިވެހިޒުވާނުން މި ކީބޯޑުގެ އަޖުމަވެސް ބަލައިލުން ކިހިނެއްވާނެތޯއެވެ.

