ޚަބަރު

މިއަދު ޕޮޒިޓިވް ވީ 35 މީހުން

ރާއްޖެއިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވީ 35 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކުރައްވައިފިއެވެ.
ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް ޕޮޒިޓިވްވި 35 މީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 10894އަށް އަރާފައެވެ. އޮގަސްޓްމަހުގެ މިހާތަނަށް 601 މީހުން މިވަނީ ބައްޔަށް ޕޮސިޓިވްވެފައެވެ. މިދިޔަ ސެޕްޓެމްބަރުމަހު މި މުއްދަތުގައި ޕޮޒިޓިވް ވެފައިވަނީ 1886 މީހުންނެވެ.

އެޗްޕީއޭއިން ޢައްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް 59 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑް19އަށް ފަރުވާ ހޯދަމުންދަނީ 1110މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންދަނި 368މީހުންނެވެ. އެޗްޕީއޭއިން ވިދާޅުވީ މިވަގުތު ފެސިލިޓީތަކުގައި 72މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close