ޚަބަރު

ރައީސްގެ ތަހުނިޔާ ފަތުރުވެރިންނަށް ފޮނުއްވައިފި

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮވިޑް-19އާއެކު ދިމާވި ދަތިތަކުން އަރައިގަތުމަށް މަސައްކަތްކުރާ މިދަނޑިވަޅުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުޙަބާ ވިދާޅުވެ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށާއި ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، އެސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ކޮވިޑް19އާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ ބޯޑަރުތައް ދެމަސް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ސޯޅަ ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށްފައިވަނީ 1972 ވަނަ އަހަރުއެވެ. ފާއިތުވި 48 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ބާރު ދުވެއްޔެއްގައި ކުރިއަރައި، މި ސިނާއަތްވެފައިވަނީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close