ދެކުނުގެ އަތޮޅުތަކަށް “ޔެލޯ އެލަރޓް” ނެރެފި
މޫސުންގޯސްވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ޔެލޯ އެލަރޓްގައި ވަނީ މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭ ވެހި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ. އެހެންކަމުން މިރޭ 20:00އިން ފެށިގެން މިރޭ މެންދަމު 00:00 އާ ހަމައަށް މިސަރަހައްދަށްވަނީ ޔެލޯ އެލަރޓް ނެރެފައެވެ.


