ޚަބަރު

މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުވަން ތައްޔާރުވަނީ

މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުރި ބިމުގައި އިމާރާތްކުރަމުންދާ އާ މިސްކިތުގެ މަސައްކަތް ނިންމައި، ވަރަށް އަވަހަށް ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ސަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. މުޙައްމަދު ސަހީމް ޢަލީ ސަޢީދު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިސްކިތް ވަރަށް އަވަހަށް ހުޅުވޭނެކަމަށާއި، އަންނަ ރަމަޟާންމަހު އެ މިސްކިތުގައި ނަމާދު ކުރެވޭނެ ކަމަށެވެ.

1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ މި މިސްކިތަކީ، އިސްލާމީ ވުޒާރާއާއި ހެޔޮއެދޭ އަމިއްލަ ފަރާތަކާއި ގުޅިގެން 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށި މިސްކިތެކެވެ.

މާލެ ސިޓީގެ އެކި ސަރަޙައްދުތަކާއި ރާއްޖެތެރޭގެ އެކިއެކި ރަށްރަށުގައިވެސް މިސްކިތް ބިނާކުރުމުގެ މަޝްރޫޢުތައް އަންނަނީ ހިންގަމުންކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close