ޚަބަރު

މިއަދުވެސް141 މީހުން ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް މިއަދުވެސް 141 މީހުން ރާއްޖެއިން ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި ބުދަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 134 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 7 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 141 މީހުންގެ ތެރޭގައި 98 ދިވެހީންނާއި، 43 ބިދޭސީން ހިމެނެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8281 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރެއިން 5161 މީހުންނަކީ ދިވެހިންނެވެ. އަދި 3130 މީހުންނަކީ ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close