600 ކިލޯވޯޓްގެ ޖަނަރޭޓަރެއް ބެހެއްޓުމުންވެސް ވެލިދޫ ކަރަންޓްގެ މައްސަލައަށް ހައްލެއްނައި
މިހިނގާ ރަމަޟާން މަހާދިމާކޮށް ވެލިދޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް 600 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެނެސް އިންސްޓޯލް ކުރުމުންވެސް އެރަށުގެ ކަރަންޓަށް ދާއިމީ ޙައެއްލެއް ނުލިބޭކަމަށް ވެލީދުން ވާހަކަދެއްކި މީހަކު ބުނެފިއެވެ.
ނާރެސް މީޑިއާއަށް މިކަމާގުޅޭގޮތުން މަޢުލޫމާތުދެމުން ވެލިދޫން ވާހަކަދެއްކިމީހާބުނީ ރަމަޟާންމަސް ފެށުނީއްސުރެވެސް މިއުޅެނީ މިފަދަޙާލެއްގަކަމަށެވެ.
އިރުއިރު ކޮޅާ ކަރަންޓް ގޮސް ، ކަރަންޓް އައިސް ، މިފަދަ ޙާލެއްގައި މިއުޅެނީ. މިހާރު ގޭގައި ބޭނުންކުރާ ޓީވީ އައިސްއަލަމާރި ފަދަ ކަރަންޓް ސާމާނުތައްވެސް ހަލާކުވަމުންދަނީ . މިކަމަކަމަކަށް ހަމަ ޙައްލެއް ލިބޭގޮތެއް ނުވޭ. އެމީހާ ވާހަކަ ދައްކަމުން ބުންޏެވެ.
ވެލިދޫން ދެއިރުކާ ބޭހެންހެން ކޮންމެދުވަހަކު އެތައްފަހަރަކު ކަރަންޓް ދާކަމަށް ވެލީދޫ ރައްޔިތަކު ބުނާއިރު އެރަށު ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ ރަމަޟާންމަހާއި ދިމާކޮށް މާލެއާއި އަތޮޅުގެ ގިނަ ރަށްތަކަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑި ރައްޔިތުންނަށް އެކަމުގެ ދަތިކަން ފޯރަމުން ދިޔަ ނަމަވެސް ވެލިދޫގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލު ލިބި ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލު ކުރެވިފައިވާ ކަމަށެވެ.
ކަރުންސިލްގެ ރައީސް އަސްމާ ، ރާއްޖޭގެ މަޝްހޫރު ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ރަމަޟާން މަހުގެ ކުރިން ދޭތެރެ ދޭތެރެއިން ރަށުން ކަރަންޓް ކެނޑި ރައްޔިތުންނަށް އުނދަގޫ ތަކަކާއި ކުރމަތިލާން ޖެހުނު ނަމަވެސް ރަމަޟާން މަހަށް މިމައްސަލަ ހައްލު ވެފައިވާ ކަމަށެވެ.
ކުރިން ވެލިދޫގައި 300 ކިލޯވޯޓްގެ ދެ ޖަނަރަރޭޓަރާއި 400 ކިލޯވޯޓްގެ އެއްޖަނަރޭޓަރުން ކަރަންޓް ފޯރު ކޮށްދެމުން ދިޔަ ނަމަވެސް 600 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެނެސް އެ ޖަނަރޭޓަރު އިންސްޓޯލް ކޮށް ޖުމުލަ 4 ޖަނަރޭޓަރުން މިހާރު އެރަށަށް ދަނީ ކަރަންޓް ފޯރު ކޮށްދެމުންނެވެ.
ވެލިދޫއަކީ އާބާދީގައި ގާތގަނޑަކަށް 3000 މީހުން ދިރިއުޅޭ 400 ގެ ހުންނަ ރަށެކެވެ. ނަމަވެސް ރަށުގެ އާބާދީގެ 30 ހަކަށް ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގައެވެ.
