ޚަބަރުލަންދޫ

ލަންދޫ ސްކޫލްގެ ޓީޗަރުންނަށް ސަޕްރައިޒް ތަކެއް!

މިއަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކިއެކި ޙަރަކާތްތައް އެކި ސްކޫލްތަކުގައި އެކިފެންވަރުގައި ކުރިއަށްގެންދަމުން ދާއިރު ނ.ލަންދޫސްކޫލްގެ ޓީޗަރުންނަށް އިއްޔެ އާއި، މިއަދުވަނީ ތަފާތު އެތައް ބައިވަރު ސަޕްރައިޒް ތަކެއް އެސްކޫލްގެ ބެލެނިވެރިންނާއި، އެސްކޫލްގެ މެނޭޖްމެންޓްގެފަރާތުން ދީފައެވެ.

ބެލެނިވެރިންގެ ފަރާތުން ދިން ފުރަތަމަ ސަޕްރައިޒްއަކީ އިއްޔެ ހަވީރު އެރަށު ފުޓްސަލް ދަނޑު ސަރަޙައްދުގައި އޮތް ހަވީރުގެ ސައިގެ އިވެންޓެވެ. ކުށްލިގޮތަކަށް ހުރިހާ ޓީޗަރުންނަށް ލިބުނު ދައުވަތާއެކު އެސަރަޙައްދަށް ޓީޗަރުން ދިޔައިރު އެތަންވަނީ މުޅިސަރަޙައްދު ތައްޔާރުކޮށް މޭޒުތައް އަތުރާ ހަވީރުގެ ސައި ރެޑީކޮށްފައެވެ.

ހެދިކާގެ އެކިއެކި ބާވަތްތަކާއެކު ތައްޔާރުކޮށްފައިވާ ސައިގައި ބައިވެރިކުރީ ހަމައެކަނި އެސްކޫލްގެ ޓީޗަރުންނެއްނޫނެވެ. އެ ހުރިހާ ޓީޗަރުންގެ އިތުރުން ސްކޫލްގެ އެހެން މުވައްޒަފުންނާއި، ހުރިހާ ބެލެނިވެރިންނާއި، އަދި ހުރިހާ ދަރިވަރުންވެސް ވަނީ އިއްޔެ ހަވީރުގެ ސައިގައި ބައިވެރިވެފައެވެ.

ލަންދޫ ސްކޫލްގެ ޓީޗަރަކު ބުނީ އެކަން ސަޕްރައިޒް އަކަށް ވެގެންދިޔައި އެހާބޮޑު އިވެންޓެއް ތައްޔާރުވެފައިވާއިރު އެކަމުގެ އެއްވެސް މަޢުލޫމާތެއް ކުރިން ލިބިފައިނުވުމެވެ.

އަސްލު ހިއެއްނުކުރަން އެ އިވެންޓް އެހާވަރުގަދަވާނެކަމަކަށް… ޓީޗަރަކު ސަޕްރައިޒް ވެގެން ހުރި ބުންޏެވެ.

އެސްކޫލްގެ ޓީޗަރުންނަށް ، މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ ޕްރޮގްރާމްތަކުގެ ތެރެއިން ގިނަ ސަޕްރައިޒް ތަކެއް ލިބިގެން ގޮސްފައިވާއިރު އަނެއް ސަޕްރައިޒް އަކަށް ވެގެންދިޔައީ ބަގީ ގައި ސްކޫލަށް ނުކުންނަން ޖެހުނު ގޮތެވެ.

ލަންދޫސްކޫލްގެ ޓީޗަރުން މިއަދު ޓީޗަރުން ސްކޫލަށް ނިކުންނެވީ ޓެކްސީ ( ބަގީ ) ގައެވެ.  ކޮންމެ ޓީޗަރެއްގެ ގެއަށް ގޮސް ބަގީގައި ޓީޗަރުން ނަގައިގެން ސްކޫލަށް ގެނައިއިރު ސްކޫލްގެ މެނޭޖްމެންޓާއި، ރަށުގެ މުއައްސަސާތަކުގެ ވެރިން ތިއްބެވީ ސްކޫލްގައި ޓީޗަރުންނަށް މަރުޙަބާ ކިޔުމަށް ރެޑީގައެވެ. މި އިވެންޓްގައި އެސްކޫލްގެ ކުރީގެ މުދައްރިސުންވެސް ވަނީ ބައިވެރިވެފައެވެ.

ޓީޗަރުންގެ ދުވަހުގެ މުނާޞަބަތުގައި ލަންދޫސްކޫލްގެ ޓީޗަރުންނަށް ލިބުނު އަނެއް ސަޕްރައިޒް އަކީ ރިސޯޓް ދަތުރެވެ. ރިސޯޓަކަށް ދާން އޮތްކަމެއް އެއްވެސް ޓީޗަރަކަށް ކުރިން އެނގިފައެއްނުވެއެވެ. ނަމަވެސް ކުއްލިއަކަށް ސްކޫލްގެ ޓީޗަރުންނަށް ސަޕްރައިޒް ލިބުނީ ސޮނެވާޖރނީއަށް ހުރިހާޓީޗަރުން ސްޕީޑްލޯންޗްގައި މިއަދުގެ މެންދުރު ކެއުމަކަށް ގެނައިހިސާބުންނެވެ.

އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނޭންގޭ މިދަނީ ރިސޯޓަކަށް ކަމެއް. އަޅުގަނޑު ހީކުރީ މިދެވެނީ މާފަރު ފިނޮޅަށް ކަމަށް . އެކަމަކު ފިނޮޅު ފަސްދީ ދާންފެށުމުން ކޮންމެވެސް ވަރެއްގެ އިޙްސާސެ ކުރެވުނު ކޮންމެސް އެހެންތަނަކަށް ދާންއުޅޭކަމަށް . އެކަމަކު ނޭންގޭ ރިސޯޓަކަށް ދާކަމެއް. ޓީޗަރަކު ސަޕްރައިޒްވެފައި ހުރެ ނާރެސްމީޑިއާއަށް މިއަދު ކިޔައިދިނެވެ.

ލަންދޫސްކޫލްގެ ޓީޗަރުން – ޓީޗަރުންގެ ދުވަސްފާހަގަކުރަނީ

ލަންދޫސްކޫލުންބުނީ މިއަހަރުގެ ޓީޗަރުންގެ ދުވަސް ލަންދޫސްކޫލުން ފާހަގަކުރީ މުޅިންވެސް ސަޕްރައިޒް އިވެންޓްތަކެއްގެ ގޮތުގައެވެ. އަދި މިކަމުގެ ސަބަބުން ޓީޗަރުންނާއި މުދައްރިސުންގެ މެދުގައި އެއްބައިވަންތަކަން އިތުރުވެ ސްކޫލާމެދު އޮންނަ ލޯބި އިތުރުވެގެންދާނެކަމަށް އުންމީދުކުރާކަމަށް ސްކޫލުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close