ޚަބަރު

ޖުލައިމަހުވެސް ދައުލަތުގެ އާމްދަނީ ދިޔައީ ދަށަށް

ނިމިގެންދިޔަ ޖުލައި މަހުވެސް ދައުލަތުގެ އާމްދަނީ ދިޔައީ ދަށަށްކަމަށް ފިނޭސްމިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖުލައިމަހު ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު މިދިޔަ ޖުލައިމަހު ދައުލަތަށް ލިބުނު އާމްދަނީ 78 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ފިނޭންސް މިނިސްޓްރީގެ މަޢުލޫމާތުތަކަށް ބަލާލާއިރު، ޖުލައިމަހު ލިބުނު އާމްދަނީ ދަށްވެފައިވާއިރު، ކުރެވުނު ޚަރަދުތައްވެސް ވަނީ ދަށްވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައިމަހު ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 682.2 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖުލައިމަހު ދައުލަތަށް ލިބުނު 3.1 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 78 އިންސައްތަ މަދު އަދަދެކެވެ.

ޖުލައިމަހުގެ އާމްދަނީގެ ތަފްސީލަށް ބަލާލާއިރު، މިދިޔަ އަހަރުގެ ޖުލައިމަހު ދައުލަތަށް ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖުލައިމަހު ލިބިފައިވަނީ 589.2 މިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ ޖުލައިމަހު 414 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖުލައިމަހު ދައުލަތަށް ލިބިފައިވަނީ 87.8 މިލިއަން ރުފިޔާއެވެ.

ދައުލަތުން ކުރި ޚަރަދުތަކަށް ބަލާލާއިރު، މިދިޔަ އަހަރުގެ ޖުލައިމަހު 2.2 ބިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ ޖުލައިމަހު ދައުލަތުން ޚަރަދުކޮށްފައިވަނީ 2 ބިލިއަން ރުފިޔާއެވެ. މިދިޔަ ޖުލައިމަހު ރިކަރަންޓް ޚަރަދަށް 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ކެޕިޓަލް ޚަރަދުގެ ޖުމްލައަކީ 705 މިލިއަން ރުފިޔާއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close