އާސަންދަ އެހީގައި އިންޑިޔާއަށް ފަރުވާއަށް ދިޔަ މީހަކު ނިޔާވެއްޖެ
އާސަންދައިގެ ދަށުން އިންޑިއާއަށް ފަރުވާއަށް ދިޔަ މީހަކު ނިޔާވެއްޖެއެވެ.
އާސަންދަ ކުންފުނިން މަޢުލޫމާތު ދެއްވިގޮތުގައި އިންޑިއާއަށް ފަރުވާއަށްދިޔަ ފުރަތަމަ ބެޗްގެ މީހަކު މިއަދު ވަނީނިޔާވެފައެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
އިންޑިއާއަށް ފަރުވާއަށް ދިޔަ އިތުރު މީހަކު މިއަދު ނިޔާވެފައިވާ އިރު، އިންޑިއާގެ ހާއްސަ ހުއްދައަކާއެކު އެގައުމަށް ބޭސްފަރުވާއަށް ދިޔަ ތިން ދިވެއްސަކު މީގެ ކުރިން ވަނީ ނިޔާވެފައެވެ. އާސަންދައިން ބުނީ އެތިން މީހުންނަކީ އިންޑިއާއަށް ދިއުމުގެ ކުރިންވެސް ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ތިން މީހުން ކަމަށެވެ.
މީގެ އިތުރުން އިއްޔެ ވަނީ ނޭވާ ލުމުގެ މައްސަލަަތަކަކަށް ފަރުވާ ހޯދަމުން ދިޔަ 11 މަހުގެ ކުއްޖަކު ނިޔާވެފައެވެ. ފަރުވާއަށް އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް އެކުއްޖާ ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.


