ޚަބަރު

މިއަދުވެސް އިތުރު 116 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިއްޔެގެ އިރުއޮއްސި 18:00 ން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 116 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 77 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 27 މީހަކާއި ސްރީލަންކާގެ ހަމީހަކާއި އިންޑިއާގެ ފަސް މީހަކާއި ނޭޕާލް މީހެކެވެ.

މިއަދު ބަލިން ރަނގަޅުވެފައިވަނީ 31 މީހެކެވެ. އެހެންކަމުން ބަލިން ޝިފާލިބި ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 2835އަށް އަރާފައެވެ. ކޯވިޑްގެ ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، މިހާރު މިބަލީގެ ނުރައްކާއޮތީ ޢުމުރުން ދުވަސްވީ މީހުންނަށް އެކަނި ނޫންކަމަށާއި، ޒުވާނުންނަށްވެސް ނުރައްކާ އޮތްކަމަށެވެ.

ރާއްޖޭގައި ބަލިޖެހޭ ޒުވާނުންގެ ޢަދަދު އިތުރުވަމުން އަންނަކަމަށާއި، އެހެންކަމުން ޒުވާނުންގެ ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބަދަލުތަކެއް ގެންނަންޖެހިފައިވާކަމަށް ޑޮކްޓަރ އަފްޒަލް ވިދަޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5157 އަށް އަރާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close