ޚަބަރު

ދިރާގު ޓީވީ އަށް އެޕްލައި ކުރައްވައިގެން ޖޮއިބޮކްސް އަދި 2 މަހުގެ މަހުފީ މުޅިން ހިލޭ!

ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް މިއަދު ދިރާގުން ތައާރަފުކޮށްފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، 2 މަހުގެ މަހުފީ އަދި ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ޕޮރޮމޯޝަން ކުރިއްދާނީ 31 އޮގަސްޓްގެ ނިޔަލަށެވެ.

މި ޚާއްސަ ޕްރޮމޯޝަންސް ތައާރަފުކޮށްފައިމިވަނީ ދިރާގު ޓީވީއަށް ދާދިފަހުން ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު އެއް ނެޓްވޯކް ކަމަށްވާ “ސްޓަރ” ނެޓްވޯކްގެ ޗެނަލްތައް އައިސްފައިވާ ދަނޑިވަޅެއްގައިއެވެ. އެހެންކަމުން މި ދަނޑިވަޅަކީ ސްޓަރ ނެޓްވޯކްގެ ބެލުންތެރިނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުސަތަކަށްވެގެންދާނެއެވެ. ސްޓަރ ނެޓްވޯކުން ވަނީ ބެލުންތެރިން އެންމެ އިންތިޒާރު ކުރަމުންދިޔަ ހުރިހާ ޑްރާމާ ސިލްސިލާތައް ދިގު މުއްދަތަކަށް މެދުކެނޑުމަށްފަހު އަލުން އަނބުރާ ދައްކަންފަށާފައިއެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި  ދިރާގުން ވަނީ ރާއްޖޭގެ %73  ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި  53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީ ފޯރުކޮށްދީފައިއެވެ.  

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް: https://bit.ly/31xnzGh

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close