ޚަބަރު

މިއަދު ޕޮޒިޓިވްވީ 86 މީހުން

ފާއިތުވެ ދިޔަ ދެތިންދުވަހާ އަޅާބަލާއިރު ރާއްޖެއިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ޢަދަދު ކުޑަކޮށް ދަށްވެލައިފައިވީނަމަވެސް މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައިވެސް ދިވެހިންގެ އަދަދުވަނީ ފަންސާހަށްވުރެ މަތީގައެވެ. މިއަދު ޖުމްލަ 86 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 56 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 27 މީހަކާއި ފިލިޕީންސްގެ މީހަކާއި އިންޑިއާ މީހަކާއި ސްރީލަންކާގެ މީހެކެވެ.

މިއަދު ޕޮޒިޓިވްވި 86 މީހުންގެ ތެރެއިން 85 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވީ އެންމެ މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިހާތަނަށް ރާއްޖެއިން 4680 މީހުންނަށް ކޯވިޑް-19 ޖެހުނުއިރު ބަލިން ރަނގަޅުވެފައިވަނީ 2725 މީހުންނެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިއަދު ބަލިން ރަނގަޅުވެފައިވަނީ 19 މީހުންނެވެ.

 

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close