ޚަބަރު

ބަލިޖެހޭ ދިވެހިން އިތުރުވާތީ އެޗްޕީއޭގެ އިލްތިމާސް

ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު ޚާއްޞަކޮށް ދިވެހިންގެ ޢަދަދު އިތުރުވަމުން އަންނާތީ އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް ހަފްލާތަކާއި، ޕާޓީތަކާއި، ޖަލްސާތަކާއި އެއްވުންތައް ނުބާވަން އެ އިދާރާއިން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ މީހުންގެ އަދަދު އިތުރުވަމުންދާކަމާއި ބަލިޖެހޭ މީހުންގެ ކޮންޓެކްޓުންގެ އަދަދު ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފާހަގަކުރެވިފައިވާކަމަށެވެ. މީގެ އެއް ސަބަބަކީ ފުރަބަންދަށް ލުއި ދިނުމާއި ގުޅިގެން ބައެއް ފަރާތްތަކުން ގިނަ މީހުން އެއްވާގޮތަށް ހަފްލާތަކާއި، ޕާޓީތަކާއި، ޖަލްސާތަކާއި އަދި އެހެނިހެން އެއްވުންތައް ބާއްވަމުން ދިއުންކަމަށް އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނުގައިވެއެވެ.

“ވީމާ، ފުރަބަންދުން ލުއި ދިނުމަށް މި އޭޖެންސީއިން ނެރެފައިވާ އުސޫލުތަކާއި އެންގުންތަކާއި، މަސައްކަތުގެ މާހައުލުގައި ޢަމަލުކުރަން ކަމާއި ގުޅޭ އިދާރާތަކުން ތައްޔާރުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ. ” އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

މިހާލަތުގައި 30 މީހުންނަށްވުރެ ގިނައިން އާއްމު ތަންތަނަށް އެއްނުވުމަށް އެޗްޕީއޭން ވަނީ ހަދާންކޮށްދެއްވާފައެވެ. އަދި ކޮންމެހެން މީހުން ހާޒިރުވެގެން ބާއްވަންޖެހޭ ބައްދަލުވުންތައް ފިޔަވައި، އޮފީސް މަސައްކަތާގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށާއި، 30 މީހުންނަށްވުރެ މަދުން މީހުން ބައިވެރިވާ ބައްދަލުވުންތައްވެސް ކޮންމެހެން ބާއްވަންޖެހޭ ހާލަތުގައި މެނުވީ ނުބޭއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ފުރަބަންދަށް ދިން ލުއިތަކާއި އެކު ބައެއް އޮފީސްތަކުން އަންނަނީ ބައެއް ހަރަކާތްތައް ހިންގަމުންނެވެ. އަދި ބައެއް ފަރާތްތަކުން އަންނަނީ މަގުމަތީގައި އެއްވުންތައްވެސް ބާއްވަމުންނެވެ.

ޖެންޑަރ މިނިސްޓްރީން މިދިޔަ ބުރާސްފަތިދުވަހު ބޭއްވި ހަފްލާއެއްގައި ބައިވެރިވި މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދީ ދާދި ފަހުން އެފްއޭއެމުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މީހަކުވެސް ވަނީ ކޯވިޑަށް ޕޮޒިޓިްވެފައެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުންނާއި ނޫސްވެރިން ވަނީ ކަރަންޓީނުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close