ޚަބަރު

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން ބަދަލުކޮށްފި

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު ގެ ނަމަށް ބަދަލު ކޮށްފިއެވެ.

ކުރީގެ ރައީސް މަޢުމޫނު ޢަބުދުލް ޤައްޔޫމްގެ ސަރުކާރުގައި އުފެއްދި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން ބަދަލުކުރެއްވީ ކީއްވެގެން ކަމެއް އިސްލާމިކް މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަމި މަރުކަޒުގެ ނަން ސަރުކާރުން ބަދަލުކުރެއްވިއިރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ބަދަލުކުރި ބައެއް އެހެން ތަންތަނުގެ ނަންވެސް މިސަރުކާރުން ގެންދަވަނީ ބަދަލުކުރައްވަމުންނެވެ. އެގޮތުން ރަސްރަނި ބަގީޗާގެ ނަން ސަލްޓަންޕާކަށް ވަނީ ބަދަލުކުރައްވާފައެވެ.   

ކީރިތި ޤުރުއާނާބެހޭ މަރުކަޒަކީ ޤުރުއާނާއި ބެހޭ އިލްމު އުނގަންނައިދިނުމާއި ޤުރުއާނުގެ ތާރީޚު ދިރާސާކުރުން ފަދަ ކަންކަން ކުރުގެ މަޤްޞަދުގައި ސަރުކާރުން އުފެއްވި މުއައްސަސާއެކެވެ.

އަދި މީގެ އިތުރުން އިމާމުންނާއި ޤުރުއާން ކިޔަވައިދޭ މުދައްރިސުން ތަމްރީން ކުރުމާއި ބައިނަލް އަގުވާމީ ޤުރުއާން މުބާރާތް ތަކުގައި ދިވެހިން ބައިވެރިކުރުންފަދަ ކަންކަންވެސް މިމަރުކަޒުން ގެންދަވަނީ ކުރައްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close