ޚަބަރު

ޕީސީއާރު ޓެސްޓް ހަދާ ލެބޯޓަރީއެއް މާފަރު އެއަރޕޯޓުގައި ޤާއިމް ކުރަނީ

މާފަރު އެއަރޕޯޓުގައި ޕީސީއާރު ޓެސްޓް ހަދާ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ސޮނޭވާ ރިސޯޓުން ކުރިއަށްގެންދާކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ އަދި އަންނަ ހަފްތާގައި އެތަން ނިންމާ ބޭނުންކުރަން ފަށާނެކަމަށް މާފަރު އެއަރޕޯޓް އޮޕަރޭޓްކުރާ މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ ރިޒްވީ ވިދާޅުވިއެވެ.

” މާފަރުގައި ސޮނޭވާ ގްރޫޕުގެ ޚަރަދުގައި ޕީސީއާރު ޓެސްޓް ހެދޭނެ ލެބެއް އެބަ ހަދާ. އެތަނުން ހުރިހާ ފަތުރުވެރިން ޓެސްޓްކޮށްގެން ރިސޯޓްތަކަށްދާނީ. އެއީ ސޮނޭވާ ގްރޫޕުން ކޮށްދޭކަމެއް. 25 ވަނަ ދުވަހަށް ލެބް ރެޑީވާނެ” ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ މާފަރުގައި ކޯވިޑްއަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ފަތުރުވެރިން އަންނަ އަދަދު އިތުރުވެގެންދާނޭ ސަބަބެއްކަމަށެވެ.

މާފަރުގައި ކޯވިޑަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންދާއިރު، އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާފަރު އެއަރޕޯޓު ބޭނުންކުރަމުންދާނީ ފުރިހަމަ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަންއިން މަޢުލޫމާތުދޭ ގޮތުގައި މާފަރު އެއަރޕޯޓް އިންޓަރނޭޝަނަލް އޮޕަރޭޝަނަށް ބަދަލުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް މިހާރު ގެންނަމުންދާ ކަމަށާއި އައު އާންމު ހާލަތު ފަށާއިރު މާފަރު އެއަރޕޯޓު ބޭނުންކުރަން ފަށާނީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ކަމަށެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close