ޚަބަރު

މިދިޔަ 24 ގަޑިއިރު ޕޮޒިޓިވްވީ 27 ދިވެހިންނާއި، 29 ބިދޭސީން

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ރާއްޖެއިން 27 ދިވެހިންނާއި، 29 ބިދޭސީން ޕޮޒިޓިވްވެ މި ބަލި ޖެހުނު މީހުންގެ އަދަދު 1829 އަރައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިއަދި ޕޮޒިޓިވް 27 ދިވެހިންގެ ތެރެއިން އެކަކު ފިޔަވާ އެހެން އެންމެނަކީ އޭގެ ކުރިން ފެނިފައިވާ ކްލަސްޓަރތަކުގައި ހިމެނޭ މީހުންކަމަށެވެ. އަދި ޕޮޒިޓިވް 29 ބިދޭސިންގެ ތެރެއިން 4 މީހަކު ފިޔަވާ ދެންތިބި އެންމެނަކީ ކުރީގެ ކްލަސްޓަރތަކާއި ގުޅުން ހުރި މީހުންކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 979 ސާމްޕަލެއްގެ ނަތީޖާ ވަނީ ލިބިފައެވެ. މީގެތެރެއިން 424 ސާމްޕަލައެއްގެ ނަތީޖާ އަދި މީހާތަނަށް ލިބިފައެނުވެއެވެ. މިއަދު އެކަނިވެސް 851 ސާމްޕަލެއް ވަނީ ނަގާފައެވެ. މި ބައްޔަށް ގިނަ އަދަދެއްގެ ސާމްޕަލްތައް މިހާރު ނަގަމުން އަންނައިރު 3 ލެބޯޓްރީއެއްގައި އަންނަނީ ޓެސްޓްގެ ނަތީޖާ ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި ގޮތުން މި މަސައްކަތް ކުރަމުން އަންނަނީ އައިޖީއެމްއެޗާއި އޭޑީކޭގެ އިތުރުން ފުލުހުންގެ ލެބޯޓްރީގައެވެ.

ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 1829 އަރާފައިވާއިރު މި ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 1330 މީހުންނެވެ. ހޮސްޕިޓަލްގައި އެޑިމިޓްކޮށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 12 އެވެ. މި އެންމެނަށްވެސް ފަރުވާ ދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައިއެވެ.

މި ބައްޔަށް ޕޮޒިޓިވް ދިވެހިންގެ އަދަދު މީހާރު މިވަނީ 590 އަރާފައެވެ. މި ބަލިން ރަގަޅުވި މީހުންގެ އަދަދު މިވަނީ 488 އަރާފައެވެ. މީ މިބަލި ޖެހުނު މީހުންގެ އަދަދަށް ބަލާއިރު 27.02 އިންސައްތައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close