ޚަބަރު

އިތުރު 24 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު 24 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެ މިވައިރަހަށް ޕޮޒިޓިވި މީހުންގެ ޖުމްލަ އަދަދު 1،395 އަކަށް އަރައިފިކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ކުރެއްވި ޓްވީޓެއްގައިވާގޮތުން މިއަދު ކޮވިޑަށް ފައްސިވީ 4 ދިވެހިންނާއި، ބަނގްލާދޭޝް 18 މީހުންނާއި، އަދި އިންޑިޔާ 2 މީހުންނެވެ.

އޭޕްރީލް 15 ވަނަ ދުވަހު މާލެއިން ކޮވިޑްގެ ކޭހެއް ފެނުމާއެކު ހަލުވިކަމާއެކު ރާއްޖޭގައިވސް ކޮވިޑް ފެތުރެމުންދާއިރު ލއެންމެ ފަހުން އިއުލާނު ކުރި ލޮކްޑައުންގެ މުއްދަތު މިމަހުގެ 28 ގައި ހަމަވާނެއެވެ. ލޮކްޑައުންގެ މުއްދަތު ހަމަވުމުން ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close