ޚަބަރު

ޓެސްޓް ނުކުރެވުމަކީ ވަރަށް ބޮޑު ނުރައްކަލެއް – ޑރ.ޝީނާ

ޓެސްޓް ނުކުރެވުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި ޓެސްޓް ކުރެވުން ލަސްވާނަމަ ބަލި މީހާ ފެންނާނީ ހާލު ބޮޑުވާފަހުން ކަމަށް ޑރ.ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު ބެލުމަށްފަހު ޑރ.ޝީނާ މޫސާ ތައްޔާރު ކުރެއްވި ގްރާފްތައް ޙިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 700 އަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

“ޓެސްޓް ނުކުރެވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެއީ ވަރަށް ބޮޑު ރިސްކެއް. އެހެންވީމަ، އަޅުގަނޑުމެންނަށް ބަލި މީހާ މި ލިބެނީ ވަރަށް ހާލު ބޮޑުވާފަހުން. ހާއްސަކޮށް ހައި ރިސްކް މީހުން. އެހެންވީމަ، ޓެސްޓް ކުރާ އެއްޗެހި ލިބުމުގައި ވެސް ވަރަށް ގިނަ ދަތިތަކެއް އެބަހުރި. އެކަމަކު ޓެސްޓް ކުރެވެން ނެތީމަ އޭގެ މާނައަކީ ސައިލެންޓްކޮށް އެބަ މި ބަލި ސްޕްރެޑްވެއޭ.” ޑރ.ޝީނާ ވިދާޅުވިއެވެ.

ޑޮކްޓަރ ޝީނާ ޙިއްސާކުރެއްވި ލަފާކުރުންތައް ދައްކާގޮތުން ރާއްޖޭގައި ކޮވިޑް-19 ޖެހޭނެ ކަމަށް ލަފާކުރެވެނީ 77305 މީހުންނަށެވެ. އޭގެ ތެރެއިން އެކެއް އިންސައްތަ މީހުން މަރުވެދާނެ ކަމަށް ޑރ.ޝީނާ ވަނީ ލަފާ ކުރައްވާފައެވެ.

އެހެންކަމުން ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 773 މީހަކު މަރުވެދާނެ ކަމަށް ލަފާކުރެވެއެވެ.

ޑރ.ޝީނާ ވިދާޅުވީ ކުރިން ތައްޔާރުކުރި ލަފަކުރުންތަކުގައި ވާނީ 2000 މީހުން މަރުވެދާނެ ކަމަށް ކަމަށާއި ނަމަވެސް މިހާރުގެ ލަފާކުރުންތައް ދައްކާ ގޮތުން މަރުވާ މީހުންގެ އަދަދު 900 އަށް ވުރެ މަދުވާނެ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދީ، ގައިދުރުކަން އިހްތިޔާރު ނުކޮށްފިނަމަ 21 ދުވަސް ވާއިރު ރާއްޖޭގައި ފަރުވާ ނުދެވޭ ވަރަށް ބަލި މީހުން ގިނަވެ 2000 ވަރަކަށް މީހުން މަރުވެދާނެ ކަމުގެ އިންޒާރު ޑރ.ޝީނާ ދެއްވީ އޭޕްރީލް 17 ވަނަ ދުވަހު އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close