ޚަބަރު

ކޮވިޑް 19: ހުރިހާ ޢަދަދުތަކެއްވެސް ދަނީ މައްޗަށް.

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19 ގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ފެނިގެންދަނީ ހުރިހާ ޢަދަދުތަކެއްވެސް މައްޗަށް ގޮސްފައިވާ ތަނެވެ. އެގޮތުން ވޭތުވެދިޔަ ދެދުވަހަށް އަޅާ ކިޔާލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގައިވަނީ ޢަދަދުތައް ދަށަށް ނުގޮސް މައްޗަށް ޖެހިލައިފައެވެ.

އެގޮތުން 24 ޖަނަވަރީ 2022 ވަނަ ދުވަހު މާލެއިން 1420 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު 25 ޖަނަވަރީ 2022 ވަނަ ދުވަހު މިޢަދަދުވަނީ 1427 ށް ޖެހިލާފައެވެ. އަދި ހަމައެހެންމެ 24 ޖަނަވަރީގައި އަތޮޅު ތެރެއިން 761 މީހުން ފައްސިވެފައިވާއިރު މި ޢަދަދު 25 ޖަނަވަރީގައި މައްޗަށް ޖެހިލާ ފައްސިވެފައިވާ މީހުންގެ ޢަދަދު ވަނީ 783 ށް އަރާފައެވެ. މީގެ އިތުރުން 24 ޖަނަވަރީގައި ރިސޯޓުތަކުން 94 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު މި ޢަދަދުވަނީ 25 ޖަނަވަރީގައި މައްޗަށްޖެހި ރިސޯޓުތަކުން އިތުރު 109 މީހުން ކޮވިޑަށް ފައްސިވެގެން ގޮސްފައެވެ.

ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިގެން ފަރުވާދެވެމުންދާ މީހުންގެ ޢަދަދުތަކަށް ބަލާލާއިރު، 24 ޖަނަވަރީގައި މި ޢަދަދު ހުރީ 52 ގައެވެ. އެހެންނަމަވެސް 25 ޖަނަވަރީގައި އެޗް.ޕީ.އޭ އިން ހާމަކުރި ޢަދަށް ބަލާއިރު ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިގެން ފަރުވާދެމުންދާ މީހުންގެ ޢަދަދުވަނީ 57 ށް އަރާފައެވެ.

24 ޖަނަވަރީގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 15721 އެވެ. އެހެންނަމަވެސް 25 ޖަނަވަރީގައި މިޢަދަދުވަނީ 16666  މީހުންނަށް އިތުރުވެގެން ގޮސްފައެވެ. އެއީ ދެދުވަހަށް ބަލާއިރު 945 މީހުންގެ ތަފާތެކެވެ.

ނެގިފައިވާ ސާންޕަލްތަކަށް ބަލާއިރު، 25 ޖަނަވަރީއަށްވުރެ 24 ޖަނަވަރީގައި ނެގިފައިވާ ސާންޕަލް ތަކުގެ ޢަދަދު ގިނައެވެ. އެގޮތުން 24 ޖަނަވަރީގައި 7681 ސާންޕަލް ވަނީ ނަގާފައެވެ. މީގެ ތެރެއިން އެދުވަހު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 2707 މީހުންނެވެ. 25 ޖަނަވަރީގައި ނެގިފައިވާ ސާންޕަލްގެ ޢަދަދު 24 ޖަނަވަރީއާއި އަޅާބަލާއިރު 97 މީހުންގެ ސާންޕަލް މަދެވެ. އެގޮތުން 25 ޖަނަވަރީގައި ނެގިފައިވާ ސާންޕަލްގެ ޢަދަދަކީ 7584 ކެވެ. މީގެ ތެރެއިން ކޮވިޑަށް ފައްސިވެފައިވަނީ 2609 މީހުންކަމަށް އެޗް.ޕީ.އޭ އިން ހާމަކުރައްވާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close