ޚަބަރު

ބަލިކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީންގެ މައްސަލަ – ހޯމް މިނިސްޓަރ

ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 491 އަށް އަރާފައެވެ. އޭގެ ތެރެއިން 334 މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުންނެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީން ކަމަށެވެ. އަދި އެމީހުން ދިރިއުޅެމުން އަންނަ ދަތި ތަންތަނުން ނެރެ ރައްކާތެރި ތަންތަނަށް ގެންދިއުމަކީ ބުރަ ބޮޑު އެހެން ނަމަވެސް އިސްކަން ދީގެން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.

ޝެއިޚް އިމްރާން މިހެން ވިދާޅުވެފައިވާއިރު ހުރިހާ ބިދޭސީން 3 ކެޓަގަރީއަކަށް ފައްތައިގެން ވަކި ތަންތާންގައި ކަރަންޓީނުކުރަން ޑިރެކްޓަރޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close