ކުޑަކުދިންވާހަކަ

ޓަވިޔަނިން- ޓޮމާޓޯ

ކުޑަކުދިންގެ ވާހަކަ 48

ޓަވިޔަނިން- ޓޮމާޓޯ

އެއީ ހަވީރު ގަޑިއެވެ. އަލްޔަން ބައްޕައާއި އެކު ގޯތިތެރޭގައި ގަސް އިންދުމުގައި އުޅުނެވެ. އަލްޔާން ހުރީ ޓޮމާޓޯ ގަސްތަކަށް ފެންދޭށެވެ. އޭރު މަންމަ އުޅެނީ ކޮޓަރިތެރެ ސާފުކުރާށެވެ. ކޮއްކޮ އިނީ ޓީވީ އަޅުވައިގެން ކާޓޫނު ބަލާށެވެ.

ގުޅުންހުރި ލިޔުންތައް

   މި ދުވަސްވަރަކީ ގެއިން ބޭރަށް ދިއުން ރަނގަޅު ދުވަސްވަރެއް ނޫންކަމުން، ގޭގެތެރޭގެ މަސައްކަތްތަކުގައި ބައްޕަވެސް ބައިވެރިވެއެވެ. ޓެރެސްމަތީގައި ހުރި ޓައްޕުތަކުގައި އިންދާފައި ހުރި ޓޮމާޓޯ ގަސްތަކާއި ކޮޕީ ގަސްތަކުން އެއްބައި ގަސް ތިރިއަށް ގެނައެވެ. އަދި ގޯތިތެރޭގައި އޮތް ހުސްބިމުގައި ދެބަފައިންވެގެން އެގަސްތައް އިންދިއެވެ.

އިރުކޮޅަކުން ކޮއްކޮ ކާޓޫނު ބަލައި ނިމުމުން މަންމައަށް އެހީތެރިވުމަށް ކޮޓަރިއަށް ވަނެވެ. އޭރު ކޮޓަރީގައި ހުރި ކުޅޭތަކެތި މަންމަ ވަށިގަނޑަށް އަޅަނީއެވެ. ޓުރޭގައި ހުރި ކައްކާ ކުޅޭ ތަކެތި އޮތީ އެނދުކައިރީގައެވެ. ކުޅޭކުޅޭ ޓޯކީ އާއި ޓޯޗު ވެސް އޮތީ އެނދުމަތީގައެވެ. ކޮއްކޮ އެތަކެތި ނަގައި ޓުކުރިއަށް އެޅިއެވެ.    ޖެހިގެން އައި ދުވަހެވެ. ބައްޕަ އޮފީހަށް ދާން ތައްޔާރުވަނީއެވެ. ބައްޕަގެ ޓައީ ގެއްލިގެން ހޯދިއެވެ. އަލްޔާން ގޮސް ކޮއްކޮ ކުޅޭ ތަކެތި އެޅި ޓުކުރި ބެލިއެވެ. އެއީ އާންމުކޮށް ކޮޓަރި ސާފުކުރާ ދުވަހު ކޮޓަރީގައި ހުންނަ ބައެއް ތަކެތި ކޮއްކޮ ކުޅޭ ޓުކުރިއަށް އަޅާފައި ހުންނާތީއެވެ. ޓައީ އޮތީ ޓުކުރީގެ އެންމެ އަޑީގައެވެ. އަލްޔާން ބައްޕައަށް ޓައީ ދިނެވެ. ބައްޕަ ވަރަށް އުފާވިއެވެ.

މަސައްކަތް 1

ވާހަކަ ކިޔުމަށްފަހު ތިރީގައިވާ  ތަކެތީގެ ތެރެއިން ޓަވިޔަނިން ފެށޭ ތަކެތި ފާހަގަކޮށް ރަނގަޅު ފާހަގަ ލާށެވެ.

މަސައްކަތް 2

ވާހަކަ ކިޔުމަށްފަހު ހުސްތަންތަން ފުރިހަމަ ކުރާށެވެ.

  1. އަލްޔަން ބައްޕައާއި އެކު ————— ގަސް އިންދުމުގައި އުޅުނެވެ.
  2. އަލްޔާން ހުރީ ————- ގަސްތަކަށް ފެންދޭށެވެ.
  3.  ކޮއްކޮ އިނީ ————- އަޅުވައިގެން ކާޓޫނު ބަލާށެވެ.
  4. ޓެރެސްމަތީގައި ހުރި ————– އިންދާފައި ހުރި ޓޮމާޓޯ ގަސްތަކާއި ކޮޕީ ގަސްތަކުން އެއްބައި ގަސް ތިރިއަށް ގެނައެވެ.  
  5.  ————— ހުރި ކައްކާ ކުޅޭ ތަކެތި އޮތީ އެނދުކައިރީގައެވެ.
  6. ކުޅޭކުޅޭ ———- އާއި ———– ވެސް އޮތީ އެނދުމަތީގައެވެ.
  7. ބައްޕަގެ ———- ގެއްލިގެން ހޯދިއެވެ.
  8. އަލްޔާން ގޮސް ކޮއްކޮ ކުޅޭ ތަކެތި އެޅި ———– ބެލިއެވެ.

މަސައްކަތް 3

ތިރީގައިވާ ތަސްވީރުން ފެންނަ ކަންކަމާއި ގުޅުވައިގެން 3 ޖުމުލަ ލިޔާށެވެ.

މަތީގައިވާ ތަސްވީރުން ފެންނަ ކަންކަމާއި ގުޅުވައިގެން 3 ޖުމުލަ ލިޔޭ!

ޖަވާބުތައް

  1.  ގޯތިތެރޭގައި
  2.   ޓޮމާޓޯ
  3.   ޓީވީ
  4.   ޓައްޕުތަކުގައި
  5. ޓުރޭގައި
  6.     ޓޯކީ އާއި ޓޯޗު
  7.    ޓައީ
  8.    ޓުކުރި

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close