ޚަބަރު

ކުރަމަތި، ތިންމަހަށް ބަންދުކުރަނީ

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފިޔަވަޅެއްގެ ގޮތުން ކުރަމަތި އައިލެންޑް ރިޒޯޓު ތިން މަސް ދުވަހަށް ބަންދުކުރުމަށް ރިޒޯޓުގެ މެނޭޖްމަންޓުން ނިންމައިފިއެވެ.

ކުރަމަތި އައިލެންޑް ރިޒޯޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 01 އޭޕްރިލްއިން ފެށިގެން 30 ޖޫންއާއި ހަމައަށް ރިޒޯޓުގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓުމަކަށް ގެނެސް ރިޒޯޓު ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.

އަދި މިއަހަރުގެ ޖުލައި މަހު އަލުން ރިޒޯޓު ހުޅުވާނެކަމަށް ވެސް ކުރަމަތި އައިލެންޑް ރިޒޯޓުން ބުނެއެވެ.

ކުރަމަތި އައިލެންޑް ރިޒޯޓުން 2 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ކުރަމަތީގެ އިތުރުން ކުރެއްދޫ ރިޒޯޓާއި ބަޠަލާ ރިޒޯޓުން 6 މީހުން މި ބައްޔަށްވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު މިތިން ރިޒޯޓަށް ވެސް އަރާފޭބުން އޮތީ މަނާކޮށްފައެވެ. އަދި ރިޒޯޓުގެ ހާލަތު ރަނގަޅުވުމާއެކު މިމަހުގެ 12 ގެ ފަހުން މި ރިޒޯޓްތައް ވަނީ ކަރަންޓީނުން ދޫކޮށްލާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ކުރަމަތި އައިލެންޑް ރިޒޯޓުގެ އިތުރުން ރާއްޖޭގައި ހިންގާ 21 އަށް ވުރެ ގިނަ ރިޒޯޓު މިހާރު ވަނީ ބަންދުކޮށްފައެވެ.

މީގެ ތެރޭގައި ރާއްޖޭގައި ރިޒޯޓު ވިޔަފާރީގައި އެންމެ އިސްކޮށް ޙަރަކާތެރިވާ ޔުނިވާސަލް އަދި ވިލާ ގްރޫޕުގެ ރިޒޯޓުތައް ހިމެނެއެވެ.

ބައެއް ރިޒޯޓްތައް ބަންދުކުރީ މުވައްޒަފުންނަށް ހަމަ މުސާރަ ލިބޭގޮތަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close