ޚަބަރު

މާދަމާ މާލޭގެ މަގުތަކަށް ބޭސްޖަހައި ކްލޮރިނޭޓް ކުރަނީ

ކޯވިޑް-19އިން ރައްކާތެރިވާން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މާދަމާ މާލޭގެ ހުރިހާ މަގުތަކެއް ކްލޮރިނޭޓް ކުރަން ނިންމައިފިއެވެ.  

މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މަގުތައް ކުލޮރިން އަޅައިގެން ދޮވެ، ސާފު ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.

މި މަސައްކަތަކީ މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ. މިސައްކަތުގައި ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތަކާއި ހަލާކު ވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް ވެސް މާދަމާ ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ކޯވިޑް-19 އއިން ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން އާންމުން އެއްވެ އުޅުން މަދުކުރުމަށާއި ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ ލަފާ ދެމުންނެވެ.

އަދި ޕާކްތަކާއި މައިޒާންތައް ބަންދުކޮށް ކެފޭ ރެސްޓޯރެންޓްތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔވަޅެއްގެ ގޮތުން ބޭރު ގައުމުތަކުން ރާއްޖެއަންނަ މީހުން ކަރަންޓީނުކުރުމާއި ޓެސްޓްކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close