ޚަބަރު

މިނިސްޓަރ އަމީރު މިއަދު މަޖިލީހަށް ޙާޒިރުކުރަނީ

ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ނޫމަޑި މައްސަލައިގަ ބަދަލުގެ ގޮތުގައި މިހާތަނަށް އެއްވެސް ފައިސާއެއް ދީފައިވޭތޯ ބެލުމަށް ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިއަދު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހާޒިރުކުރުމަށް އެޖެންޑާ ކޮށްފިއެވެ.

ޖާބިރު ހުށަހަޅުއްވާފައިވާ ސުވާލުގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި މައްސަލަ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން

ގޮތަކަށް ނުނިމެނީސް ނޫމަޑި ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާދީފައިވާނަމަ ދީފައިވަނީ ކޮންގޮތަކުންތޯއާއި އަދި ކިހާ ފައިސާއެއް ދެއްވައިފިންތޯ ބެލުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ހައުސިންގ މަޝްރޫޢުތަކެއް ހިންގުމަށް ދައުލަތުން ނޫމަޑިއާއެކު ވެފައިވާއެއްބަސްވުން އުވާލި މައްސަލައިގައި ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާ އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ. ނޫމަޑިއާއެކު ކުރީގެ ރައީސް މުޙައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ހައުސިން ޔުނިޓްތަކެއް އެކިރަށްރަށުގައި އެޅުމަށް ހެދި އެއްބަސްވުން ބާޠިލްކުރުމުން ސަރުކާރުން ވަނީ ކޯޓުން ބޭރުން އެ މައްސަލަ ހައްލުކޮށް ނޫމަޑިއަށް 55 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް ޙުކުމްކޮށްފައެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ޚިލާފަށް ކުރީގެ ސަރުކާރުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ދައްކާފައެވެ. މިބަދަލު ނުދީ އިތުރަށް ލަސްވަމުންދާނަމަ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދު އެތައް ގުނައަކުން އިތުރުވެގެންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަ ފުލުހަށް ހުށައަޅަން ރައްޔިތުންގެ މަޖިލީހުންވަނީ ހުށަހަޅާފައެވެ. މުއިއްޒުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ނޫމަޑި މައްސަލަ ކޮމިޓީން ދިރާސާކުރި އިރު، ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމުގައި ޑރ. މުއިއްޒު އިތުރުފުޅު ހެއްދެވި ކަމަށް ބެލެވޭތީއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close