ފެނަކަ ކުންފުނީގެ އެމްޑީއަކަށް ބޭފުޅަކު އައްޔަނުކުރައްވައިފި
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ގދ. ވާދޫ މައިފޫނާ އަޙްމަދު ސަޢީދު މުޙައްމަދު ހަމަޖައްސައިފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ބުނެފިއެވެ.
ރާއްޖޭގެ ގިނަ ރަށްތަކަކަށް ފެނާއި ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އެމްޑީއަކަށް ކުރިން ހުންނެވީ މުހައްމަދު ލައްމާނުއެވެ . އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ކުރިން އިސްތިއުފާދެއްވަފައެވެ.
ސަރުކާރު ގިނަ ކުންފުނިތަކުގެ ބޯޑަށސަރުކާރުން އަންނަނީ މެންބަރުން ހަމަޖައްސަމުންނެވެ. ނަމަވެސް އަދިވެސް ބައެއް ބޯޑުތަކަށް މެމްބަރުން އައްޔަންކުރައްވާފައެއް ނުވެއެވެ.
ސަރުކާގެ ކުންފުނިތަކާއި އޮފީސްތަކުގެ މަތީމަޤާމްތަކަށް ވެރިން އައްޔަން ކުރަމުން ގެންދަވަނީ ކޯލިސަނުގެ ޕަސަންޓޭޖާއި އެއްގޮތްވާ ގޮތުގެ މަތިން ނޫންކަމަށް ބައެއް ފަރާތަކުން ބުނަމުން ދެއެވެ.
