ޚަބަރު

މާތްވެގެންވާ ޙައްޖު ދުވަހުވެސް ޔަހޫދީންގެ އުނދަގޫތައް މުސްލިމުންނަށް

މާތްވެގެންވާ ޙައްޖު ދުވަހުވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ އުނދަގޫތައް މުސްލިމުންނަށް އިތުރުކޮށްފިއެވެ. މުޅި މަސްޖިދުލް އަޤްޞާގެ ތެރެއަށް ޔަހޫދީންގެ އިސްތިއުމާރީ ފައުޖުތަކުން މިއަދުވަނީ ވަދެގެންފައެވެ.

މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތަށް ޙައްދުފަހަނައަޅާފައިވާ ޔަހޫދީން ވެއްދުމަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ އަލްއަޤްޞާގައި އަޅުކަންކުރަން ތިބި ގިނަ ޢަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ރަބަރު އުންޑައާއި ކަރުނަ ގޭސް ބޭނުންކޮށްގެން ޙަމަލާދިނުމަށްފަހު އެ ސަރަޙައްދުން ގަދަކަމުން ނެރެފައެވެ. އަދި އޭގެ ފަހުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުގެ ފުރިހަމަ ރައްކާތެރިކަމާއެކު ޙައްދުފަހަނައަޅާފައިވާ ޔަހޫދީންގެ 200 މީހުންވަނީ އަލްއަޤްޞާއަށް ވަދެގަނެފައެވެ.

މަސްޖިދުލް އަޤްޞާ ހުންނަ ސަރަޙައްދުގައި ނަޞާރާއިންނާއި ޔަހޫދީންގެ މުޤައްދަސް ބިނާތަކެއް ހުންނަކަމަށް އެ މީހުން ޤަބޫލުކުރެއެވެ. އެގޮތުން ހަރުކަށި ފިކުރުގެ ޔަހޫދީން ފާޅުގައި ގޮވާލަމުން ދަނީ އަލްއަޤްޞާ ހުންނަ ބިމުގައި ޔަހޫދީ ދީނުގެ ފައްޅިއެއް އެޅުމަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ ޤާނޫނުތަކުން އަޤްޞާ ހުންނަ ބިމުގައި އަޅުކަންކުރުމުގެ ޙުއްދަ ލިބެނީ ހަމައެކަނި މުސްލިމުންނަށެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޙާލަތު ގޯސްވަނީ އިސްރާއީލުން ޢަމަލުކުރާ ގޮތުގެ ސަބަބުންކަމަށާއި ޙައްދުފަހަނައަޅާފައިވާ ޔަހޫދީން އަލްއަޤްޞާއަށް ވަދެގަތުމަކީ ސުލްޙައާއި އަމާންކަން ގެއްލި ސަލާމަތަށް އޮތް ނުރައްކަލެއްކަމަށެވެ.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވަނީ ފަލަސްޠީނުގެ ރައްޔިތުން އަލްއަޤްޞާއަށް ޖަމާވުމަށް ގޮވާލައިފައެވެ. އަދި އަޟްޙާ ޢީދު ނަމާދު ނިމެންދެން އަލްއަޤްޞާގައި ތިބުމަށް އެ ޖަމާޢަތުންވަނީ ގޮވާލައިފައެވެ.

މިދިޔަ ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ އަލްއަޤްޞާއަށް ވަދެ އެތަނުގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް ޙަމަލާ ދީފައެވެ. ރައްދުގައި ޙަމާސުންވަނީ ޔަހޫދީންގެ އާބާދީތަކަށް މެދުނުކެނޑި 11 ދުވަހު ރޮކެޓު ޙަމަލާދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close