ޚަބަރު

ޝިދާތާ މަޤާމުން އިސްތިއުފާދެއްވުމަކީ ވަރަށް ހިތްވަރުގަދަ ޢަމަލެއް – ޢަދާލަތު

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ މަޤާމުން ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވި ދެއްވުން އަދާލަތު ޕާޓީން ބަލައިގަންނަނީ ވަރަށް ހިތްވަރުގަދަ ޢަމަލެއްގެ ގޮތުގައިކަމަށް އެޕާޓީން ބުނެފިއެވެ.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ މަޤާމުގައި ހުންނެވި އެ ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ރައީސް އަލްފާޟިލާ ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވި ދެއްވުމާ ގުޅޭގޮތުން އެޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޚާއްޞަކޮށް އިސްތިއުފާ ދެއްވި ސަބަބުކަމުގައިވާ އެ މިނިސްޓްރީގެ އިތުބާރު ދެމެހެއްޓުމަށް ފުރުސަތު ދެއްވި ދެއްވުމަކީ މި ޕާޓީން ނުހަނު އުފަލާއެކު ފާހަގަކޮށް ބަލައިގަންނަ ކަމެއް ކަމަށެވެ.

އަންހެނުންނާއި ކުޑަކުދިން އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ މައްސަލަތަކުގެ ވާހަކަ ގިނަބަޔަކު ދައްކައި، އެފަދަ ކަންކަން ހައްލު ކުރުމަށް ރައްޔިތުން ހޭލުންތެރިވުމުގެ އިތުރުން އެފަދަ މައްސަލަތައް ހައްލުކުރުމަށް ކުރައްވާފައިވާ ބުރަ މަސައްކަތާއި އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ވަރަށް ކާމިޔާބު ފިޔަވަޅު ތަކެއްކަމަށާއި އަދި އެކަމަނާ އެ މަސައްކަތް ކުރެއްވުމުގައި ގެންގުޅުއްވި އިޚްލާސްތެރިކަމާއި ހަރުދަނާކަން މި ޕާޓީން ނިހާޔަތަށް ބަލައިގަންނަކަމަށްވެސް އަދާލަތުގެ ބަޔާނުގައި ވެއެވެ.

އަލްފާޟިލާ ޝިޝިދާތާ ޝަރީފަކީ 2010 ވަނަ އަހަރުން ފެށިގެން އެ ޕާޓީއާއެކު ރައްޔިތުންނަށްޓަކައި އެތައް ޤުރުބާނީއެއް ވެވަޑައިގެންނެވި ބޭކަނބަލެއްކަމަށާއި، އެކިއެކި ފޯރަމްތަކުގައާއި މަގުމަތީގައި، އިސްލާހަށް ހިންގުނު ގިނަ ހަރަކާތްތަކެއްގައި ހިތްވަރާއެކު ބައިވެރިވެފައިވާ ކަނބަލެއްކަމަށްވެސް އެބަޔާނުގައިވެއެވެ.

 މީގެ އިތުރުން އެބަޔާނުގައިވަނީ އަލްފާޟިލާ ޝިދާތާ ޝަރީފަކީ ވަޒީރުކަން އަދާކުރެއްވުމުގެ ކުރިންނާއި ވަޒީރު ކަމުގައިވެސް ރައްޔިތުންގެ ހާލު ގާތުން ބައްލަވައި އެފަރާތްތަކަށް އެކިއެކި އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭކަނބަލެއްކަމަށާއި، އެކަންކަމަކީ އެ ޕާޓީގެ އެންމެހާ މެމްބަރުންނާއި އާއްމު ރައްޔިތުންވެސް އިންތިހާއަށް ޝުކުރުވެރިވާ ކަމެއްކަމަށެވެ.

 އަދި ވަޒީރުކަމުން އިސްތިއުފާ ދެއްވިނަމަވެސް ޕާޓީއާއެކު ދެމިހުރުމަށާއި ޕާޓީ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތުގައި ދެމިހުންނަވާނެކަމަށް ނިންމަވާފައިވާކަމީ އެ ޕާޓީއާއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށާއި، އެކަމުގައި ޕާޓީން އެކަމަނާއަށް ވެދެއްވެން އޮތް ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ވެދެމުން ގެންދާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close