ޚަބަރު

އިސްލާމްދީން ނޫން ދީނެއް ރާއްޖޭގައި އޮންނަން ފެނޭތޯ އެއްވެސް ދިރާސާއެއް ނުކުރާން:  އެޗްއާރްސީއެމް

ރާއްޖޭގައި ޣައިރު ދީންތައް އޮންނަން ފެނޭތޯ ބަލާ އެއްވެސް ދިރާސާއެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކޮށްފައިނުވާނެ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

މިކަން އެޗްއާރްސީއެމްއިން ހާމަކުރެއްވީ މީޑިއާގައި ދައުރުވަމުންދާ ބައެއް ވާހަކަތަކާ ގުޅިގެން، އިއްޔެ ނެރުއްވި ނޫސް ބަޔާނެއްގައެވެ.

އެޗްއާރްސީއެމްއިން ވިދާޅުވެފައިވަނީ، އެ ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ސުވާލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ކޮމިޝަންގެ މަސައްކަތްތައް ބިނާކުރެވިފައިވަނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އަދި ޤާނޫނުތަކާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އިސްލާމީ ޝަރީޢަތާއި އިސްލާމްދީނުގެ ހަމަތަކާއި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަޙަތުތައް ހުރިހާ ވަގުތެއްގައިވެސް އިސްކުރާނެކަމުގެ ޔަޤީންކަން އެޗްއާރްސީއެމްއިން ވަނީ ދެއްވާފައެވެ. އެފަދަ ހާލަތާއި ޚިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް އެ ކޮމިޝަނުން ބަޔާންކޮށްފައި ނުވާނެ ކަމަށްވެސް އެޗްއާރްސީއެމްގެ ބަޔާނުގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close