ތަޢާރަފު

ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ މީހުނހް ވަޒަންވެރިވިކަމަށް ބުނެއުޅެނީ 500 ބީސީއީ ގައެވެ. އެދުވަހުން ފެށިގެންވެސް ނުވަތަ 1153 ވަނަ އަހަރުގައި ދިވެހި ރާއްޖައެގައި އިސްލާމްދީން ފެތުރުމަށްފަހު މިއަދާ ހަމައަށްވެސް ދިވެހިން އުޅެމުން މިއައީ އެއް ހަމަ ތަކެއްގައި ހިފަހައްޓައިގެންނެވެ.އެންމެން ހެދުން އަޅަނީ އެއް ގޮތަކަށެވެ. އެންމެން ތަބަވަނީ އެއް ދީނަކަށެވެ.ކައިބޮއި ހެދީ އެކައްޗެކެވެ.ކުޅުނީ އެއްކުޅިވަރު ތަކެކެވެ. މަސައްކަތް ކުރަމުން އައީ އެންމެން ގުޅިގެނެވެ.

%100 ސުންނީ މުސްލިމު ޤައުމު

ނަމަވެސް ދިވެހިން މީގެ 800 އަހަރު ކުރިން އުޅެން ފެށި އިސްލާމް ދީންވެސް މިދަނީ މަޑު މަޑުން އުވެމުންނެވެ.ކުރިން %100 އިސްލާމީ ދަޢުލަތެއް އޮތް މިދިވެހި ބިމުގައި މިހާރު ބާތިލު ފިރުގާތަކެއް އެބަ އޮތެވެ. ސެޓެނިޒްމް އަދި އެކްސްޓރިމިޒްމް ފިކުރުގެ މީހެއް މިހާރު ރާއްޖޭގައި އުޅޭ ޚަބަރު ލިބިއްޖެ ނަމަ މައް ދިވެހިން ބިރުން ތުރު ތުރު އަޅައިގެން ދާނެއެވެ.ނަމަވެސް މިހާރުގެ ދިވެހިންނަށް އެއީ މާ ބޮޑު ކަމަކަށް ނުވެދާނެއެވެ. މީގެ އިތުރުންވެސް  އައިއެސް.އައިއެސް އަދިއަލްޤައިދާ ފަދަ ޖަމާޢަތްތަކާއި ގުޅެމުންދަ ދިވެހީން ވެސް މަދެއް ނޫނެވެ.

ދިވެހިންގެ ފޭރާން

މައް ދިވެހިންގެ ހެދުން އެޅުމަށް  ބަލާލަމާ ހިނގާށެވެ.ދިވެހިން އޭރު ހެދުން އަޅާ އުޅުނުގޮތަކީ މިހާރުވެސް ހެދުން އަޅާ ގޮތްތޯއެވެ.؟ އޭރު އަންހެންވެރިން ލިބާހާ ކަނޑިކި ލައިފައި ތިއްބެއް ކަމަކު މިހާރު ތިބެނީ އެހެންތޯއެވެ.؟ ފިރިހެނުން މުންޑު އަނދެފައި ތިއްބެއްކަމަކު މިހާރު އެހެން ތޯއެވެ؟ނޫނެކެވެ. މިހާރު މުޅިން ތަފާތެވެ. މިހާރުގެ ދިވެހި އަންހެންވެރިން ހެދުން އަޅާފައި ތިބޭގޮތުން ހިތަށް އަންނަނީ ރަސޫލާ ޞަލައްﷲ އަލައިހި ވަސައްލަމްގެ ޙަދީޠެކެވެ. އެކަލޭގެފާނު ޙަދީޠް ކުރައްވަފައިވަނީ ފަހު ޒަމާނުގައި ހެދުން ލައިގެން އޮރިޔާމުން އުޅޭ ބަޔެއް އަންނާނެ ކަމަށެވެ. މިހާރުގެ އަންހެން ވެރިންގެ ފަރާތުން އެކަން ނުފެނޭތޯއެވެ؟ ފިރިހެނުންނަށް ވެސް އުޅެވެނި އެހެން ނޫން ތޯއެވެ؟

ގުޅުންހުރި ލިޔުންތައް

ލަވައާއި މިއުޒިކު

އޭރުގެ މައް ދިވެހިން އެންމެ ފޯރީގައި ކުރި އެއް ކަމަކީ ބޮޑުބެރު ޖެހުމެވެ. މިއުޒިކުގެ ދާއިރާއަށް ބަލައިފިނަމަ އެކަން އެއްގޮތަކަށްވެސް ނުފެންނާނެއެވެ.އޭރުގެ ނެށުންތަކާއި ލަވަ ކިޔައި އުޅުނު ގޮތް މިވަނީ އެއްކޮށް ބަދަލުވެފައެވެ. ހިޕްހޮޕާއި ސައިޓްރޭންސް އަދި ބްލެކް މެޓަލް ތައާރަފު ވުމާއިއެކުވެ. މިކަންތައް މިހަރު މިވަނީ ވެސްޓަރން (ހުޅަނގުގެ) ގޮތަށް ބަދަލު ވެފައެވެ. އެގޮތްތަކާއި ސްޓައިލްތައް އިޝްތިހާރު ކުރާނެ މީހުންވެސް މިހާރު ރާއްޖެގައި މަދެއް ނޫނެވެ.

ކުޅިވަރުތައް

ފުޓުބޯޅައަށް ބެލިކަމުގައިވިޔަސް މައް ދިވެހިން ދެއްކި ހިތްވަރާއި ފޯރި މިހާރު ދިވެހި ފުޓުބޯޅައަކު ނެތެވެ. ޤައުމީ ޓީމު މެޗެއް ކުޅުނު  ކަމުގައި ވިޔަސް އެމަންޒަރު ބަލަން ދަނީ މަދު ބައެކެވެ.އަމިއްލަ ރަށް ކުޅުނު ކަމުގައިވިޔަސް މިހާލެވެ.ސްކޫލު ތަކުން ބާއްވާ މުބަރާތްތަކުންވެސް ބެލެނިވެރިންގެ އިތުރުން އެހެން ބަޔަކު އެތާ ނުތިބެއޭ ބުނުމުން އެކަން ދޮގަކަށް ނުވާނެއެވެ. މިނޫނަސް އޭރު

ކުޅެވުނު ގިނަ ކުޅިވަރުތަކސް މިވަނީ ބަދަލު ގެނެވިފައެވެ. ނުވަތަ އުވިގެން ގޮސްފައެވެ.

ސަޤާފީ މަސައްކަތްތައް

މައް ދިވެހިން ކޮށްއުޅުނު މަސައްކަތްތަށްވެސް ދިވެހި ޒުވާނުން ދަސްކުރާން އުޅޭ މިންވަރު ވަރަށް މަދެވެ.ދަސް ކުރިއަސް ކުރަނީ ބަނގްލަ މީހެކެވެ. އެކަންކަމަށް އެންމެ މޮޅީވެސް އެމީހުން ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެއެވެ.ލިޔެލާ ޖެހުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރެވޭ ބ.ތުޅާދުގައިވެސް މިކަން ކުރަނީ މަދު ދިވެއްސެކެވެ. އެއީވެސް އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައި ތިބޭ މީހުންނެވެ.ތަންކޮޅެއް ޒުވާންކަމަށް ފެންނަ މީހުންގެ ހަގީގަތް ބަލާލާއިރު އެއީ ބަންގާޅިންނެވެ. އެކަމަށް އެންމެ މޮޅުކަމަށް ބުނާ ދިވެހިންކުރެ ދިވެއްސެއްގެ ގެއަށް ކުރި ޒިޔާރަތެއްގައި އެބޭފުޅާ އިށީނދެ އިންނެވި ގޮނޑިން ވެއްޓުނު މަންޒަރު ޚުދު އަލުގަނޑު ދުށީމެވެ.ފާހަގަ ކުރަން މިއުޅޭ ނުކުތާއަކީ ދިވެހި ޒުވާނުން މިކަންކަމަށް ފަރުވާ ކުޑަވެފައިވާ މިންވަރެވެ.                                               

ނިންމުން

ނިންމާލަމުންވެސް ދެންނެވެން އޮތި ހަމަ ފައްޓަމުންވެސް ދެންނެވި ވާހަކައެވެ.ކިޔޭނީ އެއްފަރިއްސެކެވެ.ދެމޭނީ ހަމަ އެއްހާސަރެކެވެ.ކުރިން އުޅުއްވި މައް ދިވެހިންނާއި ހާދަރުގެ ތަފާތު ލައްކަ ތަނުން ބޮޑެވެ. މައް ދިވެހިންގެ ސަޤާފަތް އޮތް އުސް މިނަށް ދެން މި ދިވެހި ސަޤާފަތް ގެންދިއުމަކީ ނާދިރު ކަމެކެވެ.ދުޢާއަކީ ކުރިއަށް އޮތް ޖީލުތަކާއި ހަމައަށް ދިވެހި ސަޤާފަތް ގެންދަވަން މައް ދިވެހިން ކުރެއްވި މަސައްކަތް ކާމިޔާބު ވުމަށް މާތް ﷲ އިރާދަ ކުރެއްވުމެވެ. އާމީން.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close