ރިޕޯޓް

ދިވެހި ސަގާފަތަށް އަންނަމުންދާ ބަދަލުތައް

އިބުރާހިމް ވިޝާލް

ދިވެހިރާއްޖެ

    އިންޑިޔާ ކަނޑުގައި އުފެދިފައިވާ ކުދިކުދި ތިކިތަކެއްގެ ސިފައިގައި ފެންނަމުން އެދަނީ ދިވެހިރާއްޖެއެވެ. ހުދު ދޮންވެލިތަކެއްގެ ވެރި ރީތި ބީޗުތަކާއި، ގިނަ މުރަކަތަކެއް އެކުލެވިގެންވާ ރީތި ފަރެއްގެ އިތުރުން، ސާފު ރީތީ މޫދެކެވެ. އަދި ރަށްތަކުގެ މަތިން ބަލައިލާއިރު ހީވާނީ މިހާރުގެ ޓާފު ދަނޑެއްގެ ވިނަތައްހެނެވެ. އެހާވެސް ފެހި ރީތި ގަސްތަކުން ފުރިގެންވާ ރަށްތަކެކެވެ. ހަމަ އެއާއި އެކު ސަތޭކަ ޕަސެންޓު ސުންނީ މުސްލިމު ޤައުމެކެވެ. އަދި ދިވެހިރާއްޖޭގެ ސަގާފަތަކީ ވަރަށްވެސް ނަމޫނާ ސަގާފަތެކެވެ. މި ރިޕޯޓުގައި ހިމަނައިފައިވާނީ އަޅުގަނޑުގެ އަމިއްލަ މަޢުލޫމާތެވެ.

އިހުގެ ސަގާފަތް

    ފަނުން ގެ އަޅާ އުޅުނު ޒަމާނަކީ ދިވެހިރާއްޖެއަށް އަންނަ ހަމަ ކޮންމެ ފަތުރުވެރިއަކަށްވެސް ދިވެހިންގެ މުރާލިކަމާއި އެއްބައިވަންތަކަން ފެންނާނެ ޒަމާނެކެވެ. ދިވެހިންގެ ތެރޭގައި އެކަކު އަނެކަކާ ބައްދަލުވެއްޖެނަމަ އޮޅިގެންވެސް ސަލާމް ނުކޮއްލަ ފަހެއް ނުދޭނެއެވެ. މިކަހަލަ އެތަށް ސިފައަކުން އޭރުގައި ދިވެހިންގެ މި ކުޑަ ރާއްޖެއަށް އިތުރު ރިވެތި ކަމަކާއި، ކުރިއެރުންތަކެއް ގެނެސްދިނެވެ. މަސްވެރިކަމަކީ އޭރުގައި އެންމެ ކުޑަ ކުއްޖައިން ފެށިގެން އެންމެ ބޮޑު މީހާޔާ ހަމައަށް ވަކި ޖިންސަކަށް ބެލުމެއް ނެތި ކުރަމުން އައި ކަމެކެވެ. މިކަމުންވެސް ދޭހަވަނީ ދިވެހިންގެ ކެރުންތެރިކަމެވެ.

ގުޅުންހުރި ލިޔުންތައް

އަދުގެ ސަގާފަތް

    އިހުގައި ކިތަންމެ މުއްސަނދި ސަގާފަތެއް މި ފެހި ރާއްޖޭގައި އޮތެއްކަމަކު، މިހާރު އެ ސަގާފަތް ދަނީ އަދުގެ ފޮތްތަކުން ފޮހެވި، ހަނދާނުން ނެތެމުންނެވެ. މިހާރު ދިވެހި ރާއްޖޭގައި ސަގާފަތް، ނުވަތަ ކާބަފައިންގެ ހަންދާންތައް އޮންނަނީ ނަމަކަށެވެ. މުންޑެއް ލިޔަސް ތިރިން ޖިންސު ފެންނަން އިންނާނެއެވެ. ބަނޑިޔާޖެހިޔަސް ހީވާނީ ބަޔަކު މުޒާހަރާތް ކުރަން އުޅޭހެންނެވެ. ކުރުފަލި ޖަހަންޔާ ދެލޮލު ކަޅިޔަށް ސެންޓު ޖަހާނެއެވެ. “ދިވެއްސަކަށް ވީތީ ފަޚުރުވެރި ވަމޭ، ހަމައެއާއި އެކީ ފަކުރުވެސް ގަނޭ!”

ސަގާފަތައް ބަދަލު އަންނަންޖެހުނު ސަބަބު

    މިޒަމާނުގައި ސަގާފަތޭ ކިޔާފަ ނަމަވެސް، ނޫނީ ދީނުގައި އޮންނަގޮތޭ ކިޔާފައިވިޔަސް ފަހަރެއްގައިވެސް އެކަކު އަނެކަކާ ސަލާމް ކޮއްލާތަން ފެންނާނީ ހާލަކުން ފަހަރަކު! މިއީ ދިވެހި ސަގާފަތުގެ ތެރެއަށް، ހުޅަނގުގެ ރަތްލާޖެހި ކާފަރުންގެ އާދަތައް ވަދުނީމަ ވީގޮތެކޭ ބުނުން ދޮގަކަށް ނުވާނެއެވެ. ފަހަކަށް އައިސް މި މުސްލިމު ޤައުމުވެސް ކާފަރުންހާ މޮޔަވެއްޖެއެވެ. އެންމެ އަގު ބޮޑުކޮށް ގަންނަ ޖިންސުވެސް އިންނާނީ ކަކުލާއި ދިމާލުން ވީދައިގެން ގޮއްސައެވެ. ސަގާފަތް އުވިގެންދާ އަނެއް ސަބަބަކީ މަދަރުސާތަކުގައި މާދަރީބަހަށްވުރެ އެހެންބަހަކަށް އިސްކަންދިނުމެވެ. ދިވެހި ބަހަކީ ދިވެހިންގެ އަމިއްލަވަންތަކަން ހިފަހައްޓާ އެއް ތަނބޭވެސް ބުނެވިދާނެއެވެ.

ސަގާފަތް ކުރިއަރުވަމާ

    އަދިވެސް އަޅުގަނޑުމެންނަށް ދިވެހި ސަގާފަތް ދިރުވިދާނެއެވެ. ބޭނުންވާނީ ދިވެހި ސަގާފަތަށް ލޯބިކުރާ، ސަގާފަތް ދަންނަ ހަރުދަނާ ވެރިއެކެވެ. އަދި މީގެ އިތުރުން ވިސްނަންޖެހޭނެ އެންމެ މުހިންމު ކަމަކީ “ދިވެހި ސަގާފަތަށް އިސްލާމްދީން ނުފައްތާ، އިސްލާމްދީނަށް ދިވެހި ސަގާފަތް ފެއްތުމެ”. ވީމާ ދިވެހިންގެ އަސްލު ދައްކާލަން ރައްޔިތުން ނިކުމެ އަޑު އުލަމާ!

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close