ޚަބަރު

މަވޯޓާއަށް މަރުގެ އިންޒާރުދިން މައްސަލަ މަޖްލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަށް މަރުގެ އިންޒާރު ދިން މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މެންބަރު ޝަރީފަށް މަރުގެ އިންޒާރުދޭ ކަމަށް ބުނާ، ފޯނު ނަންބަރެއް އާއްމުން ޝަރީފު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، މަޖިލީހުގެ ރައީސް އަދި، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ޓެގްކުރައްވައި ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ބައެއް މީޑިއާއަށް މައުލޫމާތުދެއްވަމުމް، މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ އެފަދަ މައްސަލައެއް މިއަދު ހެނދުނު މެމްބަރު ޝަރީފް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހުގެ އަމީންއާއްމު ވަނީ ޑިފެންސް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސެކިއުރިޓީގެ ކަންކަން ހަމަޖައްސައިދެމުން ގެންދަނީ ޑިފެންސް މިނިސްޓްރީން ނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close