ނ.އަތޮޅުގައި އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމް ކުރުމަށް ކުރިމަސައްކަތް ނާކާމިޔާބު ކޮށްލައިފި
ކޮވިޑް-19 އާއި ގުޅިގެން ނ.އަތޮޅުގެ ރަށްތަކަށް ކާބޯތަކެއްޗާއި، ބޭހާއި ތެލާއި އަދި މި ނޫންވެސް އެތަށް ޒަރޫރީ ކަންތައްތަކެއް ދަތިނުވެ ހަމަޖައްސައިދިނުމަށް ނ. އަތޮޅުގައި އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމް ކުރުމަށް ކުރި މަސައްކަތް އަތޮޅުކައުންސިލްގެ ރައީސާއި ބައެއް މެމްބަރުންގެ ތާއީދު ނުލިބިގެން ނާކާމިޔާބު ވެއްޖެއެވެ.
ކެނދިކުޅުދޫ ދާއިރާގެ އަތޮޅު ކައުންސިލް މެންބަރު ވާސިފް އަހުމަދު ނާރެސް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ނ.އަތޮޅުގައި އީއޯސީއެއް ޤާއިމް ކުރުމަށް އޭނާ އިސްނަގައިގެން އަތޮޅު ކައުންސިލަށް ޤަރާރެއް ހުށަހެޅުވިކަމަށެވެ. އެޤަރާރު ލިޔުމުން “ޤަރާރެއްގެ ގޮތުގައި” ހުށަހެޅުއްވީ އަނގަބަހުން އެތައް މަޝްވަރާއެއް ކުރުމުންވެސް އަތޮޅު ކައުންސިލްގެ ރައީސްގެ ފަރާތްޕުޅުން އެއްވެސް އެއްބާރުލުމެއް ނުލިބުމުން ކަމަށެވެ.
އެޕްރީލް 20 ގައި ނ.އަތޮޅު ކައުންސިލަށް 14 ޕޮއިންޓަކާއެކު ވާޞިފް ހުށަހެޅުއްވި ޤަރާރުގައި ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެން އަތޮޅުގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ، ރައްޔިތުންގެ ޚިޔާލާ ދައުލަތުގެ އެހެން އިދާރާތަކުގެ އިރުޝާދާއެކު އަންނަނިވި ކަންތައްތައް ރަށު ކައުންސިލްތަކާއެކު މަޝްވަރާކޮށް އެކަންކަމާމެދު ގޮތްތަކެއް ނިންމުމަށް ނ.އަތޮޅު ކައުންސިލްގެ ކުއްލި ބައްދަލުވުމެއް 21 އެޕްރީލްގެ ނިޔަލަށް ބޭއްވުމަށް، ކުއްލި ބައްދަލުވުމަށް ގޮވާލުމަށް ކައުންސިލްގެ ޤަވައިދުން ލިބިދޭ ބާރުގެ ދަށުން ނ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ޒާފިރުގެ އަރިހުން އެދުނެވެ.
އަދި މިހާލަތުގައި ރައްޔިތުންނަށް އެބައްދަލުވުން ބެލޭނެގޮތެއް އޮންނަންވާނެ ކަމަށް ދެކޭތީ ޓެލެކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުން ބޭއްވުމަށާ، ކޮންފަރެންސް ސޯސަލް މީޑިއާއިން ލައިވްކުރަން ވާނެ ކަމަށްވެސް ކައުންސިލްގެ ރައީސަށް ވާޞިފް ދެންނެވިއެވެ.
އަދި އެކަމަށް އަތޮޅު ކައުންސިލްގެ ރައީސް އިޖާބަ ނުދެއްވައިފިނަމަ، ކައުންސިލް މެމްބަރެއްގެ ހައިސިއްޔަތުން ވާޞިފް އަދާކުރައްވަންޖެހޭ ޒިންމާ އަދާކުރުމަށް މަސައްކަތްތައް ކުރާކަން ދާއިރާގެ ރައްޔިތުންނަށް ކަށަވަރުކަންދިނުމަށް އެ ސިޓީ ރައްޔިތުންނާ ސޯޝަލް މީޑިއާގައި ހިއްސާ ކުރާނެ ވާހަކަވެސް ރައީސަށް ދެންނެވިއެވެ.
ނ.އަތޮޅު ކައުންސިލް މެމްބަރ ވާޞިފް ހުށަހެޅުވި 14 ނުކުތާ ތިރީގައި އެވަނީ އެވެ.
[embeddoc url=”https://naares.com/wp-content/uploads/2020/05/14-Nukuthaa.pdf” download=”all”]މި ޤަރާރު ހުށަހަޅުއްވާފައިވަނީ ކެނދިކުޅުދޫ ދާއިރާގެ އަތޮޅު ކައުންސިލް މެންބަރު ވާސިފް އަހުމަދު އެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން ވާޞިފް ވިދާޅުވީ އެޤަރާރު ހުށަހެޅުއްވީ ނ.އަތޮޅުގެ ރަށްތަކަށް ކާބޯތަކެއްޗާއި، ބޭހާއި ތެލާ މި ނޫންވެސް އެތަށް ޒަރޫރީ ތަކެއްޗެއް ގެންދިއުމަށް ދަތިވެ، ވަޒީފާއިން އެތަށް ބައެއް ވަކިކޮށް، އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން މާލޭގައި ތާށިވެ، އިގުތިޞާދީ ގޮތުން ކުރަމުން އައި މަސައްކަތްތައް ހުއްޓި ދިރިއުޅުން ދަތިވެފައިވާތީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ކޮންމެސް މިންވަރެއްގެ ތަސައްލީއެއް ހޯދައިދިނުނުގެ ނިޔަތުގައި އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި، މި މަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވަން ތައްޔާރަށް ތިއްބެވި ފަރާތްތައް އެކުލެވޭ ގޮތުން އަތޮޅު އެމެޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާތީ ކަމަށެވެ.
ވާޞިފް ވިދާވީ ޤަރާރު ހުށަހެޅުއްވުމުގެ ކުރިން ނ. އަތޮޅުގެ ކައުންސިލް މެންބަރުންނާއި ނ. އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގާއި، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫނާއި އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހިމެނޭ ގޮތަށް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ. އަދި އެބޭފުޅުންގެ ފުރިހަމަ ތާއީދު އެކަމަށް ލިބުނު ކަމަށެވެ.
ވާޞިފް ވިދާޅުވީ 20 އެޕްރީލްގައި ޤަރާރު ހުށަހެޅުމުންވެސް އަތޮޅު ކައުންސިލްގެ ބައްދަލުވުމެއް ނުބޭއްވެވި ކަމަށެވެ. އެހެންވެ އަނެއްކާވެސް 25 އެޕްރީލްގައި ސިޓީއަކުން އެވާހަކަ ތަކުރާރު ކުރެއްވި ކަމަށެވެ. ސިޓީފޮނުވުމުން އޯޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް ޖެހިގެން އައި އަންގާރަ ދުވަހު (28 އެޕްރީލް) ބައްދަލުވުމެއް ބޭއްވި ކަމަށް ވާޞިފް ވިދާޅުވިއެވެ.
ވާޞިފް ވިދާޅުވީ އެ ބައްދަލުވުމުގައި ޤަރާރަށް ވޯޓަށް އެއްސެވި ކަމަށެވެ. ނަމަވެސް ވޯޓްގައި ބައިވެރި ގިނަ މެންބަރުންގެ ވޯޓް ނުފެންނަކަމަށް ދެއްވާފައިވާތީ އެ ޤަރާރުފާސްނުވާކަމަށް އަތޮޅު ކައުންސިލްގެ ރައީސް އަލީ ޒާފިރު ނިންމަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ދެވަނަފަހަރަށް އެދި ވާޞިފް ހުށަހެޅުއްވި ސިޓީވެސް ނާރެސް މީޑިއާއަށް ވަނީ ލިބިފައެވެ. އެސިޓީ ތިރީގައި އެވަނީއެވެ.
[embeddoc url=”https://naares.com/wp-content/uploads/2020/05/vaasif-second-letter.pdf” download=”all”]ނ.އަތޮޅުގައި އޯއީސީއެއް ހެދުމަށް ހުރި ގޮންޖެހުންތައް ހިއްސާކުރައްވަމުން ވާޞިފް ވިދާޅުވީ އަތޮޅުގައި އޯއީސީގެ ނަމުގައި މިހާރުވެސް ވައިބަރ ގްރޫޕެއް އޮންނާނެކަމަށް ކައުންސިލްގެ ރައީސް އަލީ ޒާފިރު ވިދާޅުވާކަމަށެވެ. ނަމަވެސް އެއީ އިތުރުފުޅެއް ކަމަށްވެސް އޭނާވިދާޅުވިއެވެ.
އަނެއްކޮޅުން މިޤަރާރަށް ތާއީދު ނުކުރެއްވި ދެބޭފުޅުންގެ ތެރެއިން ކައުންސިލްގެ ރައީސް އަލީ ޒާފިރު ނާރެސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޢެލް ޖީއޭ އަކީ ކައުންސިލްތަކުގެ ބަލަދުވެރިޔާކަމަށްވެފައި އެ ތަނުން އޮތީ އުސޫލު އެކުލަވާލާފައި އެކަން ކުރަން އަންގާފަކަމަށެވެ. އެގޮތުން އިދާރީ ކަންކަން ބަލަހެއްޓުމުގެ ޒިންމާ އަތޮޅު ކައުންސިލަށްވަނީ ހަވާލު ކޮށްފައެވެ. ސަރުކާރުން މުވައްޒަފުންނަށް އަންނަނީ މުސާރަ ދެމުންނެވެ. ދެން އީ އޯ ސީގެ މަސައްކަތް ނުހިގަންވީ ސަބަބެއް ނެތެވެ.
ޒާފިރު އިތުރަށް ވިދާޅުވީ އެއީ ޤަރާރަކުން ނިންމަންޖެހޭ ކަމެއްނޫނެވެ. އަދި އީއޯސީގެ ޗެއަރ އަކީ ހޮސްޕިޓަލްގެ މެނޭޖަރ ކަމަށާއި ވައިސް އަކީ އަތޮޅު ކައުންސިލްގެ ރައީސްކަމަށާއި، އީއޯސީގައި އިތުރަށް ތިބޭނީ އަތޮޅު ކައުންސިލްގެ ޒެޑްވީ އާއީ ޕޮލިސް އިސްބޭފުޅަކާއި މިހެން ގޮސް ހޮސްޕިޓަލްގެ ޓެކްނިކަލް މީހުނާއި އޭގެއިތުރުން ދެން ސްކޫލުގެ ޕްރިންސިޕަލާއި ، އެން ޖީ އޯސް އިން މީހަކުކަމަށެވެ.
ޒާފިރު ވިދާޅުވީ ވާޞިފް ހުށަހެޅުއްވި ޤަރާރަކީ އެލްޖީއޭގެ ޤަވާޢިދުތަކާ މުޅިން ޚިލާފު ޤަރާރެކެވެ. އެ ޤަރާރުގެ ބޭުނުމަކީ އަތޮޅުކައުންސިލްގެ ބާރުތަކެއް ނާޖާއިޒު ގޮތުގައި ނިގުޅައިގަތުމެވެ. އަދި ކަމާނުބެހޭ ބަޔަކަށް އެފަދަ ބާރުތަކެއް ދިނުމަކީ ޤާނޫނާވެސް ޚިލާފު ކަމެއްކަމަށް ޒާފިރު ވިދާޅުވީއެވެ. އޭނާ ވިދާޅުވީ ބޭނުން ވަނީ އިޚްލާސްތެރި ހިތަކާއެކު މަސައްކަތް ކުރާނެ އަތް ތަކެއް ކަމަށެވެ. ޤަރާރެއް ހުށަހެޅުމުގެ ބޭނުމަކީ ބަހަނާދެއްކުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް ވާޞިފް ވިދާޅުވީ ޤަރާރެއް ހުށަހެޅުއްވީ މިއަދާހަމައަށް އައިއިރުވެސް އެބުނާ އީއޯސީގެ އެއްވެސް ދައުރެއް ފެނިފައި ނުވާތީ އެބުނާ އީއޯސީ އެކްޓިވޭޓްކޮށް އަތޮޅު ކައުންސިލްގެ މެމްބަރުންނާއި، އަދިވެސް ޒިންމާދާރުވެރިން އެބޭފުޅުންގެ މަސްޢޫލިއްޔަތުތައް ހަނދާންކޮށްދީ އެކަންކަމަށް ޢަމަލީ ސިފަ ގެނައުމުގެ ބޭނުމުގައެވެ.

Thee vaasif raees kan beynun egen baahvan ulhuni Kansas eh thiya 14 point gaa hurihaa kameh vanee mihaaruves inthizaam kurevifa stunt jahsan noolhey vaasif thee amihlayah rashuga thiben gavaa idhu hedhi meehun dhen kon kameh falhaakah
ވާސިފް ކަލޭ ތިއުޅެނީ ޅޮހީ ބަޝީރު އަތުގަ ލާރިނެތީމަ އޭނައައް ލާރިލިބޭނެގޮތެއް ހޯދަން.
Hama jehifaey bunyakas 3hkamehves nuvey.dhivaruge dhoguhadhaa kah nuvaane.
Vaasif Kaley amihla adhumaigen noolhey 2.million rf kaalan tiulhenee office ah naadhr vey meehakah kon kameh kohdheveynee
Maa baivaru vaahaka dhahkan hadhaane kameh neh thiya atoll coucilin mi N atoll lhah faidhaahuri enme kamehves kohdhinihtha.nikanbunebala enme kamehves
Wasif ah ahsaribahaa saabas.????thiya atoll coucilun
bunelabala. atoll lhah takaa kuri hama enme kamehves