ޚަބަރު

ކައުންސިލް އިންތިޚާބާ ދިމާކޮށް ކެމްޕޭން ވޯކްޝޮޕްތަކެއް އެމްޑީޕީން ބާއްވަނީ

ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އެމްޑީޕީގެ ކެމްޕޭން ޙަރަކާތްތައް ވަރުގަދަކޮށް ފުޅާކުރުމުގެގޮތުން މިމަހުގެ 23 ން 25 ށް އަތޮޅުތެރޭގައި ވޯކްޝޮޕްތަކެއް ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބުރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ، ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭން ވޯކްޝޮޕް ތިލަދުންމަތި ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދެއްގައި މިމަހުގެ 23 އިން 25 އަށް ބާއްވާނެކަމަށެވެ.

“އެޖެންޑާ 19 ރަށަށް” މިނަމުގައި އެމްޑީޕީން މިދިޔަ ހަފްތާގައި ތިލަދުންމަތީގައި ފެށި ކެމްޕެއިން ހަރަކާތްތަކަށް ފަހު މިހަފްތާގެ ފަހުކޮޅު ބާކީހުރި ހުރިހާ އަތޮޅެއްގައި އެހަރަކާތް ބާއްވާނެކަން ހާމަކޮށް މި ހަރަކާތް ދެންހުރި ރަށްރަށުގައި ކުރިއަށްދާނީ އެޕާޓީގެ ޓީމްތައް ރަށްރަށަށް ގޮސްގެންކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

އެގޮތުން މައި ހަރަކާތްކުރިއަށްދާނީ ކޮންމެ އަތޮޅެއްގައިވެސް ހުރިހާރަށަކުން މެންބަރުން ބައިވެރިކޮށްގެން ކޮންމެވެސް އެއްރަށުގައިކަމަށް ޝިފާޒް ވިދާޅުވިއެވެ.

“މިހަރާކާތުގެ ތެރެއިން ދޮރުން ދޮރަށް ހިނގުމާއެކު ހޮނިހިރު ދުވަހު ޚާއްސަ ވޯކްޝޮޕް ކޮންމެ އަތޮޅެއްގެ ކޮންމެވެސް އެއރަށެއްގައި ބޭއްވިގެންދާނެ” ޝިފާޒް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއްކަން ހާމަކުރަމުން ޝިފާޒް ވިދާޅުވީ މިވޯކްޝޮޕް މިހާ އަވަހަށް ކުރިއަށް މިގެންދަނީ ކުރިއްސުރެ ރައްޔިތުންނާއި ގުޅުންހުރި މި ނިޒާމަށް އެޕާޓީންދޭ އިސްކަމެއްގެ ސަބަބުންކަމަށެވެ.

މިހަފްތާ ބަންދުގައި ރަށްރަށަށް 18 ޓީމަކުން ދަތުރުކުރާއިރު، ވަޒީރުންނާއި ސަރުކާރުގެ އިސްމަޤާމުތަކުގެ ބޭފުޅުންގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން މިހަރަކާތްތަކުގައި ބައިވެރިވާނެކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close