ޚަބަރު

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖްލީހަށް ހުށަހަޅާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު އިންތިޚާބުވާ ފަރާތްތަކަށް ދޭން ސަރުކާރުން ނިންމާފައިވާ އުޖޫރަ ބޮޑުކުރާ ވާހަކަ ފުޅު ރައީސް ވިދާޅުވީ ކުޅުދުއްފުށީގައި މިހާރު ބާއްވަމުންދާ އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ފުޅުދައްކަވަމުންނެވެ. އެޖަލްސާގައި ރައީސް ވަނީ ކައުންސިލަރުންގެ މުސާރައަށް އަންނާނެ ބޮޑު ކުރިއެރުން ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވިގޮތުން ސިޓީގެ މޭޔަރަކަށް 40000ރ، ޑެޕިއުޓީ މޭޔަރަކަށް 35000ރ، ސިޓީ ކައުންސިލް މެމްބަރަކަށް 30000ރ، އަތޮޅު ކައުންސިލް ރައީސްއަކަށް 28000ރ، ރަށު ކައުންސިލްގެ ރައީސްއަކަށް 23000ރ، ޑެޕިއުޓީއަށް 15000ރ އަދި މެންބަރަކަށް 12000ރ. ވަނީ ކަނޑައަޅުއްވާފައެވެ.

މިޢަދަދުތައް މަޖްލީހަށް ފޮނުވިޔަސް މުސާރައަށް ގޮތެއް ނިންމާނީ މަޖްލިސްގެ ވޯޓުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close