ޚަބަރު

ކޮޅުމަޑުލު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.

މި އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އެމަނިކުފާނު މާލެ ވަޑައިގެންނެވީ މިރޭ ގެ ވަގުތެއްގަ އެވެ.

ތ. އަތޮޅުގެ 7 ރަށަކަށް ކުރެއްވެވި ރަސްމީ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ތިމަރަފުއްޓަށެވެ. އެއަށްފަހު ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓަށް ވަޑައިގެންނެވި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެރަށްރަށަށް ޒިޔާރަތްކުރައްވާ، އެރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި އޮމަދުއަށް ވަޑައިގެން އެރަށުގެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވި އެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައީސް އޮފީހުގެ ބައެއް މުވައްޒަފުންނާއި ތ. އަތޮޅު ތަމްސީލުކުރައްވާ ބައެއް މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close