ގިނަޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ޕްރިންސިޕަލަކު ހައްޔަރުކޮށްފި
ގިނަޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ނ.މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޙައްޔަރު ކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕްރިންސިޕަލް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ނ.ލަންދޫ ޕޮލިސްސްޓޭޝަންގައެވެ. އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ
ގިނަޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ނ.މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޙައްޔަރު ކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕްރިންސިޕަލް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ނ.ލަންދޫ ޕޮލިސްސްޓޭޝަންގައެވެ.
ހައްޔަރުކޮށްފައި ވަނީ ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމްއެވެ.
އެނގިފައިވާގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރެއްހާއިރުއެވެ. ހައްޔަރު ކުރީ މާޅެންދުއަށް މާލެއިން އައި ލޯންޗަކުން ގެންދިޔަ ކޮތަޅެއް ހިފައިގެން ދަނިކޮށެވެ.
އޭނާގެ ނަން ޖަހާފައި ހުރި ކޮތަޅު ހިފައިގެން ދަނިކޮށް އޭނާ ހުއްޓުވާ ބެލިއިރު، އޭގެން ވަނީ މަސްތުވާތަކެތި ފެނިފައެވެ.
އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ލަންދޫ ޕޮލިސް ސްޓޭޝަންގައެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއް ނުދެއެވެ.



ދަރިން ތރުބިއްޔަތު ކުރެވޭނެ ވަރަށް ފުރިހަމައަށް
މިވެރިކަމުގަ މަސްތު’ތުވުން؛
މާޅެންދޫ ޔޫސޭ ދޯ.
Khabaru liyumugai kanhingaafaivaagoiy nuliye meehehge aburu veyaa modevuneethee hithaama kuran kanda elhigen vakimeeheh ge nan liyunu iru kanhingigoiy liyununama rangalhuvees