ޚަބަރު

ސިޓީ ތަކުން އަންހެނުނަށް ޚާއްސަކުރާ ދާއިރާތައް ކަނޑައަޅައިފި

އަންނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީތަކުގައި އަންހެނުނަށް ޚާއްސަކުރާނެ ދާއިރާތައް ގުރުއަތުން ކަނޑައަޅައިފިއެވެ.

ސިޓީ ކައުންސިލްތަކުގައި އަންހެން މެމްބަރުން އެކަނި ވާދަކުރާނޭ ދާއިރާތައް ކަނޑައެޅުމަށް ބާ ޖަމާލުއްދީންގައި ބޭއްވި ގުރުއަތުލުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ސިޔާސީ ޕާޓީތަކުގެ އޮފިޝަލުންގެ ހާޒިރުގައެވެ. މާލެ ސިޓީގައި 18 ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުނަށް ޚާއްސަކުރުމުން 6 ދާއިރާއެއް އަންހެނުނަށް އެކަނި ކުރިމަތިލުމަށް ކަނޑައަޅަންޖެހެއެވެ. އެގޮތުން އަންހެނުނަށް ޚާއްސަކުރި ދާއިރާތަކަކީ:

މާލެ ސީޓީ ދާއިރާ 2

މާލެ ސީޓީ ދާއިރާ 4

މާލެ ސީޓީ ދާއިރާ 9

މާލެ ސީޓީ ދާއިރާ 12

މާލެ ސީޓީ ދާއިރާ 14

މާލެ ސީޓީ ދާއިރާ 18

އައްޑޫ ސިޓީގައި 12 ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބުކުރަން ޖެހެއެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުނަށް ޚާއްސަކުރުމުން 4 ދާއިރާ ހަމައެކަނި އަންހެނުންނަށް ކުރިމަތިލުމަށް ކަނޑައަޅަންޖެހެ އެވެ. އެގޮތުން އަންހެނުންނަށް ޚާއްސަކުރި ދާއިރާތަކަކީ:

އައްޑޫ ސިޓީ ދާއިރާ 3

އައްޑޫ ސިޓީ ދާއިރާ 6

އައްޑޫ ސިޓީ ދާއިރާ 8

އައްޑޫ ސިޓީ ދާއިރާ 12

ފުވައްމުލަކު ސިޓީގައި 6 ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބުކުރަން ޖެހެއެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުނަށް ޚާއްސަކުރުމުން އެ ސިޓީގެ 2 ދާއިރާއަކަށް އަންހެނުނަށް އެކަނި ކުރިމަތިލުމަށް ކަނޑައަޅަންޖެހެއެވެ. އެގޮތުން އަންހެނުނަށް ޚާއްސަކުރި ދާއިރާތަކަކީ:

ފުވައްމުލަކު ސިޓީ ދާއިރާ 1

ފުވައްމުލަކު ސިޓީ ދާއިރާ 4

ކައުންސިލްތަކުން 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަކޮށް، ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހާއެކު ރަށު ކައުންސިލްތަކުގެވެސް ގޮނޑީގެ ނިސްބަތުން އަންހެނުނަށް ގޮނޑިތަކެއް ޚާއްސަކުރާނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close