ޔޫ ޓޫ ޖޭ އެކަޑަމީ އިން އަވައްޓެރި މާޅެންދޫ އަށް
ޔޫ ޓޫ ޖޭ އެކަޑަމީގެ ލެވެލް 2 އަދި ލެވްލް 1 ގެ ކުދިންނަށް ހާއްސަކޮށްގެން ފުޓްބޯޅަ އަދި ނެޓްބޯޅަ މެޗުތަކެއް ކުޅުމަށް ހަމަޖައްސައިފިއެވެ. ޔޫ ޓޫ ޖޭ އެކަޑަމީ ލެވެލް 2 އަދި 1 ގެ ކުދިން ހިމެނޭ މިއުމުރުފުރާގެ ކުދިނަށް ހާއްސަ ކޮށްގެން ކުޅެވޭ ފުޓްބޯޅަ މެޗުތަކަކާއި ނެޓްބޯޅަ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވަނީ އަވައްޓެރި މާޅެންދޫ ސުކޫލުގެ ދަރިވަރުންނާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިފަނީ 28 ސެޕްޓެމްބަރ 2019 ވާ ހޮނިހިރު ދުވަހު ނ.މާޅެންދޫގައެވެ. ޔޫ ޓޫ ޖޭ އެކަޑަމީ އިން ވަނީ މީގެ ކުރިންވެސް މާޅެންދޫ އަށް ގޮސް ގިނަ މެޗްތަކެއް ކުޅެފައެވެ.

ޔޫ ޓޫ ޖޭ އެކަޑަމީ އިން އަންނަނީ އެ އެކަޑަމީގެ ދަރިވަރުންނަށް ތަޖުރިބާ ކުރުމަށް ގިނަ ފުރުސަތު ތަކެއް ހޯދައިދެމުންނެވެ. އެގޮތުން މީގެ ކުރިންވަނީ ތަޖުރިބަ ގިނަ މެޗްތަކެއް ތަފާތު ރަށްރަށާއި އެކު ވަނީ ކުޅެފައެވެ. މިދިޔަ ހަފްތާގައިވަނީ ނ.މާފަރު ސުކޫލުގެ ދަރިވަރުންނާއި އެކު ގިނަ މެޗްތަކެއް ކުޅެފައެވެ. ޔޫ ޓޫ ޖޭ އެކަޑަމީގެ ތަފާތު ލެވްލް ތަކުގެ ޓީމުތަކުން ގިނަ މެޗްތަކެއް ކުޅެ، ތަޖުރިބާ ހޯދަމުންދަނީ ޔޫ ޓޫ ޖޭ އެކަޑަމީ ފިއެސްޓަރ 2020 އަށް ތައްޔާރުވުމަށް ކަމަށް އެކަޑަމީ އިން މައުލޫމާތު ދެއްވައެވެ

ޔޫ ޓޫ ޖޭ އެކަޑަމީ ފިއެސްޓާއަކީކުޑަކުދިންގެ ހިތުގައި ފުޓްބޯޅައިގެ ލޯބި ޖެއްސުމަށާއި އޭގެ ފޯރި ކުދިންގެ ކިބައިގައި އާލާކޮށް އެއް މާހައުލެއްގައި ގިނަ ކުދިބަޔަކަށް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އެ އެކަޑަމީ އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއްކަމަށާއި މިހަރަކާތް ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ކޮންމެ އަހަރެއްގެ ވެސް ސުކޫލު ބޮޑު ޗުއްޓީގެ ފަހުކޮޅު ކަމަށް ޔޫ ޓޫ ޖޭ އެކަޑަމީ އިން މައުލޫމާތު ދެއްވައެވެ.

ޔޫ ޓޫ ޖޭ އެކަޑަމީއިންވަނީ 2019 ވަނަ އަހަރުވެސް ފޯރިގަދަ ފިއެސްޓަރ އެއް ބާއްވާފައެވެ. ޔޫ ޓޫ ޖޭ އެކަޑަމީ ފިއެސްޓަރ 2020 ވަނަ އަހަރު އިތުރަށް ފޯރިގަދަ ކުރުމަށް އަތޮޅުގެ ބައެއް ރަށްރަށަށް ދައުވަތު ދޭނެ ކަމަށް ޔޫ ޓޫ ޖޭ އެކަޑަމީ އިން ވަނީ މިއަހަރުގެ ފިއެސްޓަރ ގައި އިއުލާން ކޮށްފައެވެ
ޔޫ ޓޫ ޖޭ އެކަޑަމީއަކީ 12 އޭޕްރީލް 2018 ގައި ރަޖިސްޓްރީކުރެވި ، ބޮޑެތިވަމުންއަންނަ ކުޑަކުދިންނަށް ކުޅިވަރުގެ ހުނަރުތައް ރަނގަޅު ފެންވަރަކަށް ދަސްކޮށްދީ، ކުޅިވަރުގެ ރޮނގުން އެކުދިން ކުރިއެރުމަށް ފުރުސަތު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ އެކަޑީމީއެކެވެ. މި އެކަޑީމީގެ އެންމެ ބޮޑުއެއް މަޤްޞަދަކީ ފުޓްބޯޅަ އާއި ބަށިބޯޅަ އަދި ނެޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުމާއިއެކު ، ކުޅިވަރުގެ އެކިއެކި ދާއިރާއިން ލަންދޫގެ އެންމެހާ ބޭފުޅުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމެވެ.
