ޚަބަރު

ވޭޕިން ބޭނުންކުރުމުގެ ސަބަބުން މަރުވިމީހުންގެ ޢަދަދު 7 ށް އަރައިފި

(ކެލިފޯނިއާ) އެމެރިކާގެ ކެލިފޯނިއާގައި ވޭޕިން ބޭނުންކޮށްގެން ފުއްޕާމޭގެ ބަލިތައް އިތުރުވެ މަރުވިމީހުންގެ ޢަދަދު 7 ށް އަރައިފިކަމަށް އެ ސިޓީގެ ސިއްޙީ އޮފިޝަލުންނާއި ހަވާލާދީ ކެލިފޯނިއާގެ ހެލްތް  އެންޑް ހިޔުމަން ސަރވިސް އެޖެންސީ އިން ޢާއްމުކުރި “ޑެތް އެސޯސިއޭޓެޑް ވިތް އީ ސިނގިރޭޓްސް އިން ޓިޔުލަރ ކަންޓްރީ” ރިޕޯޓްގައި ބުނެފިއެވެ.

އެރިޕޯޓްގައި ބުނެފައިވާ ގޮތުން ޢުމުރުން 40 އަހަރުގެ މީހަކު މިދިޔަ ވީކެންޑްގައި ފުއްޕާމޭގެ މައްސަލަތަކާއ ގުޅިގެން އެޑްމިޓް ކުރެވުނުއިރު އޭނާއަށްވަނީ ވޭޕިން ބޭނުންކުރުމުގެ ސަބަބުން “ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް” ޖެހިފައެވެ.

އެބައްޔަކީ ދާއިމީ ގޮތެއްގައި ފުއްޕާމޭ ދުޅަވުން ކުރިމަތިވާ ފުއްޕާމެޔަށްޖެހޭ ބައްޔެކެވެ. މިއީ ނޭވާލާން އުނދަގޫވާ، ބަލީގައި ދުވަސްވާވަރަކަށް ގޯސްވަމުން (ބަލިބޮޑުވަމުން އަންނަ)ދާއިމީ ބައްޔެކެވެ. މިބަލިޖެހުމުން ފުއްޕާމެޔަށް ވައި އެތެރެވެ، ބޭރުވުމަށް ހުރަސްއަޅައެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ކުރި ކަމެއްގެ ސަބަބުން ނުވަތަ ހުށަހެޅުނު އެއްޗެއްގެ ސަބަބުން ފުއްޕާމެޔަށް ގެއްލުން ލިބުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިސާލަކަށް މިބަލި އެންމެ އާންމުކޮށް ޖެހެނީ ދިގު މުއްދަތަކަށް ދުންފަތުގެ އިސްތިއުމާލުކޮށްފައިވާ މީހުންނަށެވެ. އަދި އެފަދަމީހުން ވޭޕިން ބޭނުންކުރަން ފެށުމުގެ ސަބަބުން މިބަލި ޖެހުމުގެ ފުރުޞަތު ބޮޑުވެގެންދާކަމަށް ވެސް ސިއްޙީ ލަފާދޭ ޑޮކްޓަރުންނާއި ޙަވާލާދީ އެރިޕޯޓްގައި ބުނެފައިވެއެވެ.

ވޭޕިން ނުވަތަ އީ-ސިނގިރޭޓުގައި ބޭނުންކުރާ ކެމިކަލް ފުލޭވާރ ލިކުއިޑްގެ ސަބަބުން ހާރޓް އެޓޭކް އަދި ސްޓްރޯކް ފަދަ ފުރާނައަށް ނުރައްކާ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ސްޓޭންފޯރޑް ޔުނިވާސިޓިގެ ސައިންޓިސްޓުން ކުރި ދިރާސާއަކުން ދައްކާގޮތުގައި އީ-ސިނގިރޭޓްގައިވާ ފުލޭވާރ ލިކުއިޑުން ލޭނާރުތައް ހަލާކުވުމާއި ހިތުގެ ބަލިތައް ޖެހޭކަމަށެވެ.

ސައިންސްވެރިންގެ ރިސާޗްތަކުން ވަރަށް ސާފުކޮށް ދައްކާގޮތުގައި ފުލޭވާރ ލިކުއިޑްގައި ގިނަ އަދަދަކަށް ނިކޮޓިން، އެހެން ސިނގިރޭޓްތަކާ ހިލާފަށް ހުރެއެވެ. އަދި މީގެ ސަބަބުން ސިނގިރޭޓް ފުލޭވަރ ބޭނުންކުރުމަށް ދެވިހިފާފައި ތިބޭ ފަރާތްތަކުގެ ސެލްތައް ހަލާކުވެ ސެލްތަކުގެ މަސައްކަތެއް ނުކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close