ގާފުން- ގުރާ
ކުޑަކުދިންގެ ވާހަކަ 37
އެއްސަރެއްގައި އުޅުނު ދަނޑުވެރިއެކެވެ. ދަނޑުވެރިޔާގެ ދަނޑުގައި ގެންގުޅޭ ގެރި ކޮންމެ ދުވަހަކު ގަޑިޔާއެއްގެ ދޮނަޅަ ގަސް އުފުލައެވެ. އެއީ ގެރިއަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. ދަނޑުވެރިޔާ ދަނޑަށް ދަނީ ގަންބޫޓަށް އަރައިގެންނެވެ. ދަނޑުވެރިޔާގެ އަތުގައި ގަޑި އަޅާފައި އޮވެއެވެ.
ދަނޑުވެރިޔާ ލައިގެން ހުރި ގަމީހުގައި ނިކަން ގިނަ ގޮށް ހުއްޓެވެ. ދަނޑަށް ގޮސް ދަނޑުވެރިޔާ ޒުވާރިގަސްތަކުން ޒުވާރިތައް ކަނޑައިފިއެވެ. އަދި ދޮޅަނަގަސްތަކުން ދޮނަޅަ ކަނޑަފިއެވެ. މި ތަން ބަލަން ދުރުގައި ހުރި ގަހެއްގައި ގުރައެއް އިނެވެ. ދަނޑުވެރިޔާ ގޮވާންތައް ގާޑިޔާއަށް އަރުވާ ނިންމާލިއެވެ. އަދި ގެއަށް ދިއުމަށް ހިނގައިގަތެވެ.
ދަނޑުވެރިޔާގެ ފަހަތުން ގުރާވެސް ދިޔައެވެ. އަދި ގެއަށް ގޮސް ގޮވާންތައް ރައްކާކުރަން ލީ ގުދަން ހޯދިއެވެ. ރޭގަނޑުވުމުން ގުރާ ގުދަނަށް ވަނދެ ގޮވާންތައް ކާންފެށިއެވެ. ގެރިއަށް މިކަން އެނގުމުން ހަޅޭލައްވައިގަތެވެ. ދަނޑުވެރިޔާ އައިސް ގުރާ ހިފިއެވެ. އަދި ކޮށްޓަކަށްލިއެވެ. އޭގެ އަނެއް ދުވަހު ބާޒާރަށް ގޮސް ގުރާ ވިއްކާލިއެވެ.
ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ.
1. ދަނޑުވެރިޔާގެ ދަނޑުގައި ގެންގުޅެނީ ކޮން ޖަނަވާރެއްތަ؟
2. ގެރިއަށް ހަވާލުކޮށްފައި އޮންނަ މަސައްކަތަކީ ކޮބާ؟
3. ދަނޑުވެރިޔާ ދަނޑުން ކެނޑި ދެ ވައްތަރެއްގެ ގޮވާމެއްގެ ނަން ލިޔޭ!
4. މިވާހަކަގައި ހުރި ގާފު އަކުރުން ފެށޭ އެއްޗިހީގެ ނަންތައް ލިޔޭ!
5. ގުރާ ދަނޑުވެރިޔާގެ ފަހަތުން އައީ ކޮން ބޭނުމަކު؟
ސުވާލުތަކުގެ ޖަވާބު:
1. ގެރިއެއް
2. ގޮވާން އުފުލުން / ދޮނަޅަ އުފުޅުން
3. ޒުވާރި އަދި ދޮނަޅަ
4. ގެރި، ގުރާ، ގަމީސް، ގޮށް، ގުދަން، ގަންބޫޓް، ގެ
5. ގޮވާން ކެއުމަށެވެ.
