ޚަބަރު

ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައެރުމަކީ އެކަށީގެންވާކަމެއް – މެޓްއޮފީސް

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އުދައިގެ އަސަރުކޮށްގެން މިއަދުވެސް ދެ ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން އދ. ދިއްދޫއާއި ޅ. ކުރެންދޫއަށް އުދައިގެ އަސަރުކޮށްފައިވާތީ، ރަށު ތެރެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކައުންސިލާގުޅިގެން ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އުދައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކާ ފަރުދީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ވަކިން ޙާއްސަކޮށް ގޮނޑުދޮށާ ކައިރީގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close