ތިމާމެންނަށް ކަމެއް ނުކުރެވުމަކީ އެހެން މީހުން ބަދުނާމް ކުރަންޖެހޭ ކަމެއްނޫން – އަދުރޭ
ތިމާމެންނަށް ކަމެއް ނުކުރެވުމަކީ ނުވަތަ ކުރަން ނޭންގުމަކީ އެހެންމީހުން ބަދުނާމް ކުރަންޖެހޭ ކަމެއްނޫންކަމަށް ވިދާޅުވެ ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމުގައިވާ އަދި ޕީއެންސީގެ ރައީސް ، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރ ޢަބުދުއްރަޙީމް ޢަބުދުﷲ މި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ވަރަކަށް ފެލިޔަސް އެ އެއްޗަކުން ނުކުންނަނީ އެ އެއެއްޗެގައި ހުރި ދިޔައެއް ކަމަށެވެ. އެންމެންނަކީ ޖާހިލުން ކަމަށް ހީކުރުމަކީ އެހެން ހީކުރާ ބައެއްގެ ޖާހިލުކަން ކަމަށްވެ އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަބުދުއްރަހީމް ކުރެއްވި އެހެން ޓްވީޓެއްގައި ވެސް ވިދާޅުވެފައިވަނީ ސިނާމާލެ ބުރިޖާއި، ހުޅުމާލެ ދެވަނަ ފޭސް އާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕްރޮޖެކްޓާއި، ދަރުމަންތަ ހޮސްޕިޓަލާއި، ކޭއެސް މިސްކިތާއި، މަހާޖައްރާފާއި ، އެންމެ ބޮޑު ތެޔޮޓޭންކަރާއި، އަދި ޤައުމީ ރިޒާރވް 200 މިލިއަނުން 700 މިލިއަން ޑޮލަރަށް އިތުރުކޮށް ޖީޑީޕީ 4 ހާހުން 10 ހާސް ޑޮލަރަށް އިތުރުކުރީ ކޮން ސަރުކާރަކުން ކުރިކަމެއް ކަން ދިވެހިން ނަށް ވަރަށް ސާފުކަމަށެވެ.
މިއަދު ގެ ސަރުކާރަށް ގޮންޖައްސަވައި ޢަބުދުއްރަހީމް ޖެހިޖެހިގެން ކަހަލަ ގޮތަކަށް ވަރުގަދަ ދެ ޓްވީޓެއް ކުރެއްވި އިރު މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާފައިވާ “ސިނަމާލެ ބުރިޖު” ނިންމީ މިސަރުކާރުން ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ވިދާޅުވެފައެވެ.


ސާބަހޭ ދަރިފުޅާ ..