ޚަބަރު

އަދުރޭ، އިސްލާމިކް މިނިސްޓަރަށް ފާޑުވިދާޅުވެއްޖެ

އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީ.އެން.ސީ)ގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

ޖޮއިންޓް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ މާތްވެގެންވާ، އިސްލާމްދީނަށް ނިސްބަތްވާގޮތަށް ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް މިހާރު ހުންނެވި އިސްލާމިކް މިނިސްޓަރު ކަންބޮޑު ނުވާ ކަމަށާއި އެހެންކަމުން އިސްލާމިކް މިނިސްޓަރެއް ބެހެއްޓުމުގެ ބޭނުނެއް ނެތް ކަމަށެވެ.

“ކޮބާތޯ އިސްލާމިކް މިނިސްޓަރު. އަޅުގަނޑަކަށް އަދި މިވަރުގެ ކަމަކާއި ލައްވައެއްނުލާ. މި ޤައުމުގެ އިސްލާމިކް މިނިސްޓަރަކަށް ކަންބޮޑެއް ނުވޭ އިސްލާމްދީނަށް ކޮންމެ އެއްޗެއް ކިޔަސް. އަޅުގަނޑަކަށް ނޭނގެ އިސްލާމިކް މިނިސްޓްރީ ބެހެއްޓުމުގެ ބޭނުމެއް. އާދައިގެ ވާހަކައެއް ނޫނޭ މި ދައްކަނީ. ﷲ ތަޢާލާ އެންމެ ބޮޑަށް ނަޙީކުރެއްވި ކަންތައްތަކުގެ ތެރެއިން އެއް ކަންތައް އެއީ އެއްޖިންސުން ގުޅުން ހިންގުން. މިފަދަ ކަންތައް ކުރާ މީހުންނަށް، ޖެހިލުމެއް ނެތި އެމީހުން ބޭނުންވާ ކަންތައް ކުރުމުގެ ފުރުޞަތު ލިބެންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމެޓީގައި ހިމެނޭ މެމްބަރަކު ވާހަކަ ދައްކާއިރު އިސްލާމިކް މިނިސްޓަރު ނިދާފަ.” ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް މިމޭރުމުން ވާހަކަފުޅުދައްކަވާ އިސްލާމިކް މިނިސްޓަރަށް ފާޑުވިދާޅުވެފައި އެވަނީ އެއް ޖިއްސުން ގުޅުން ހިންގާ މީހުން އެއް މޭޒެއް ދޮށަށް ގެންނަންޖެހޭ ކަމަށް، ޖަލުތަކުގެ ހާލަތު ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ޖަލު ކޮމިޝަންގެ މެންބަރު ޝަހިންދާ އިސްމާއީލް ވިދާޅުވުމާއި ގުޅިގެންނެވެ.

އެއް ކޮމެންޓް

  1. މސްޓަ 12 އެއްޖިސުން ގުޅުން ހިގާ ވާހަކަދައްކަލަދެއްނުގަނޭތަ ފުނަދޫ
    ރާއްޖޭގަމަސްހޫރު ރަށެކޭ މިސްޓަ12 ލަދުހަޔާ ކޮބާ އަލިފު އިއްނަނީ ތެދައްކަމެ ގުދައްކަމެއް ނޭގޭމީހެއްތީ މަތިރިވޭ 12…

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close