އިންޑިއާގެ 73 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ޞާލިޙް ފޮނުއްވައިފި
އިންޑިއާގެ 73 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ސޯލިޙް އިންޑިޔާގެ ބޮޑުވަޒީރަށް ފޮނުވައްފިއެވެ.
ތަހުނިޔާ ވިދާޅުވެ ކުރެއްވީ ޓްވީޓްގައި ރައީސް ޞާލިޙް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް ބައިނަލްއަޤުވާމީ ބައިވެރިޔާކަމުގައެވެ. ރައީސްގެ ޓްވީޓްގައި ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ތަޙުނިޔާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އެޤައުމުގެ ރައްޔިތުންނަށް ފޮނުއްވާފައެވެ.
ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާކަމަށާއި، އެގުޅުން ކުރިއަށް އޮތްތަނުގައިވެސް ދާނީ އިތުރަށް ބަދަހިވެ ވަރުގަދަވަމުންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސްގެ ތަހުނިޔާގެ މެސެޖުގެ ޖަވާބުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓްގައިވަނީ ރައީސް ފޮނުއްވެވި ތަޙްނިޔާގެ މެސެޖަށް ޝުކުރުއަދާކުރައްވާ މޯދީ ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ވަރަށް ބަދަހި އަދި މަތީ ހަރުފަތަކަށް ގެދެވިފައިވާ ގުޅުމެއްކަމަށްވެސް ސިފަކުރައްވާފައެވެ.
އިންޑިއާގެ މިނިވަންދުވަހުގެ ތަޙްނިޔާ ރައީސް ފޮނުއްވާފައިވާއިރު، މި ސަރުކާރާއި އިންޑިއާއާއި ދެމެދު ވަނީ ވަރަށްގާތް ގުޅުމެއް އުފެދިފައެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ރަސްމީ ދެ ދަތުރުފުޅެއް ކުރައްވާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
މީގެ އިތުރުން އިއްޔެ ފާހަގަކުރި ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައިވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބޮޑުވަޒީރު އިމްރާން ޚާނަށް ތަޙުނިޔާ ވިދާޅުވެފައެވެ. އެމަނިކުފާނުގެ މެސެޖުގައި ވަނީ ޕާކިސްތާނުގެ ސުލްހައަށާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.
ޕާކިސްތާނަށް މިނިވަންކަން ލިބިފައިވަނީ 14 އޯގަސްޓް 1947ގައެވެ. އަދި އިންޑިއާއަށް މިނިވަންކަން ލިބިފައިވަނީ އޭގެ އެއްދުވަސްފަހުން 15 އޯގަސްޓް 1947 ގައެވެ.
