ޚަބަރު

އަމިއްލަގޭގައި ސޯލާ ޕެނެލް ހަރުކުރަން ބޭނުންތަ؟ އެފުރުޞަތު މިއޮތީ!

އެއްވެސް ބޭފުޅަކު އަމިއްލަފުޅުގޭގައި ނުވަތަ އެހެންވެސް ޢިމާރާތެއްގައި ސޯލާ ޕެނަލް ހަރުކުރަން ބޭނުންނަމަ އެފުރުޞަތު ސްޓެލްކޯއިން މިއޮތީ ހުޅުވާލައިފައެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން  އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ ތެލަށްކުރާ ހަރަދު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ މިސަރުކާރުގެ އެއް ސިޔާސަތު ކަމަށެވެ. އެގޮތުން ސޯލާ ޕެނެލް ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެކުންފުނީގެ މުވައްޒަފުންނަށް ކަމަށާއި، ނަމަވެސް މިމަހުގެ ފަހުކޮޅު ނުވަތަ އަންނަމަހު ކުރީކޮޅު އާންމުންނަށް ސޯލާ ޕެނަލް ގަތުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މުގުނީ ވިދާޅުވިއެވެ.

އަތޮޅުތަކަށް މިޚިދުމަތް ފުޅާކުރާނެކަން ފާހަގަކުރައްވައި މުގުނީ ވިދާޅުވީ ފުރަތަމަ މިފުރުސަތު ހުޅުލަނީ މާލެސިޓީއަށް ކަމަށާއި، ނަމަވެސް ކައިރި މުސްތަގުބަލެއްގައި އަތޮޅުތަކަށް މިޙިދުމަތް ފުޅާކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މާލެއާއި އެއް އަގެއްގައި އަތޮޅުތަކަށް މިޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

މުގުނީ ވިދާޅުވީ ސޯލާ ޕެނަލް ހަރުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރާނީ ސްޓެލްކޯއިން ކަމަށާއި، ވެރިފަރާތުން ދައްކަންޖެހޭނީ ފައިސާ ކަމަށެވެ. އަދި މުޅި ސޯލާ ޕެނެލްގެ އަގަކީ 30،000 ރުފިޔާ ކަމަށާއި އިންސްޓޯލްމަންޓް ސްކީމަކަށް ކުޑަ އަގެއްގައި ފައިސާ ދެއްކޭނެ ކަމަށް މުގުނީ ވިދާޅުވިއެވެ.

މިޕްނެލަތްތައް އަމިއްލަ ކުރެވޭނެ ޕެނަލްތައް. ފުރަތަމަ މިކުރަން ޖެހޭ ކަމަކީ 5000 ރުފިޔާ ޑައުން ޕޭމަންޓެއް މިދައްކާލަންޖެނީ. ދެން އޭގެފަހުން ކުރަންޖެހޭ ހުރިހާ ކަމެއް މިކުރަނީ ސްޓެލްކޯއިން. ގޮސްފަ އެބޭފުޅުން އެސެސްމެންޓެއް ހައްދަވާނެ. ޓަރގެޓަކީ ދޮޅުމަހެއްގެ ތެރޭގައި ކަސްޓަމަރަށް ޚިދުމަތް ދެވޭވަރުކުރެވުން. މުގުނީ ވިދާޅުވިއެވެ.

މީގެ އިތުރުން މުގުނީ ވިދާޅުވީ ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށް ވެސް މިސޯލާ ޕެނަލް ހަރުކުރެވޭނެ ކަމަށާއި ނަމަވެސް އެ ގޭގެ ވެރިފަރާތުގެ ހުއްދަ ލިޔުމުން ހުށަހަޅަންޖެހޭ ކަމަށެވެ.

މުގުނީ ވިދާޅުވީ ޕެނަލްތައް އެއްވެސް މައްސަލައެއް ނުޖެހި 25 އަހަރާއި 30 އަހަރާ ދެމެދު ބޭނުންކުރެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ކަރަންޓު ބިލަށް ބޮޑު ލުއި ކަމެއް އަންނާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close